ރައީސް ޞާލިޙްގެ އަރިހުގައި ޗީޕް އޮފް ސްޓާފް ޢަލީ ޒާހިރު
ރައީސް ޞާލިޙްގެ އަރިހުގައި ޗީޕް އޮފް ސްޓާފް ޢަލީ ޒާހިރު
ކޯޓުތަކުގެ ފުރާޅުން ޓިނުނެގި ހަނދާން ނެތޭހާ ދުވަސް އަދި ނުވާކަމަށް ވިދާޅުވެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާމެދު ބައެއް ފަނޑިޔާރުން ދެއްކެވި ވާހަކަތަކަށް ސިޔާސީ ރައްދެއް މިއަދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވީ، އޭނާއާއި ގުޅުވައި ޝަރުޢީ ކޯޓުތަކުގެ އަގު ވައްޓާލަން ކުރަމުންދާ މަސައްކަތަކީ އެއްވެސް އަސްލެއްނެތް ސިޔާސީ ވާހަކައެއް ކަމަށެވެ. އަދި އެ ވާހަކަތަކަކީ މި ސެޕްޓެމްބަރު މަހަށް ކޯޓުތަކުގައި ޝެޑިއުލްކޮށްފައިހުރި ބައެއް މައްސަލަތަކަށް ނުސީދާކޮށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ، ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ކަންތައްތަކެއް ކުރި ހަނދާން ނެތޭހާ ދުވަސް އަދި ނުވާކަމަށާއި، އަދި އެފަދަ ވާހަކަތަކުގައި އެއްވެސް އަސްލެއްނެތް ކަމަށެވެ. އަދި މީގެ ކުރިން ކިތަންމެ މޮޅު ވަރުގަދަ ދިފާޢެއް ތައްޔާރުކޮށްގެން ދިޔަ ނަމަވެސް ކޯޓުތަކުން ގޮތް ނިންމާނެގޮތް ވަކި ބަޔަކަށް އެނގިފައި އޮތް ދުވަސްވެސް ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

"ކޯޓުތަކުގެ ފުރާޅުން ޓިނުނެގި ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭ." މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ޒާހިރު ވިދާޅުވިއެވެ.

އިރެއްގައި ކޯޓުތަކަށް ނުފޫޒު ފޯރުވި ބަޔަކަށް މިއަދު އެގޮތަށް އެކަން ނުކުރެވުމުން ރައްޔިތުންގެ ހިތުގައި ޝަރުޢީ ދާއިރާއާމެދު ނުތަނަވަސްކަން އުފެއްދުމަށް މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަލީ ޒާހިރު ވަނީ ގޮވާލައްވާފައެވެ. އަދި އެއީ އެއްވެސް އަސްލެއް ނެތް "ބޭސްލެސް އެކިއުޒޭޝަންސްތަކެއް" ކަމަށާއި، އެ ތުހުމަތުތަކަށް ރައްދު ނުދެއްވަނީ އެހެންވެގެން ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން