ސްކޫލްތަކުގައި ބޭނުންކުރާ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށްދެއްވައި، ރަނގަޅުގޮތް ބުނެދިނުމުންވެސް އެޑިއުކޭޝަން މިނިސްޓްރީން ޝަޚްސު ކަތިލައިފި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވީ، ޤުރުއާން ފޮތްތަކާއި އިސްލާމް ފޮތްތަކުގައި ހުރި މައްސަލަތައް އެންމެ ބޮޑަށް ފާހަގަކުރައްވަނީ ޑރ. ޝަހީމްކަމަށާއި، ނަމަވެސް އެ ފޮތްތަކުގައި މައްސަލަތައް ދިމާވެފައިވަނީ ޝަހީމް އިސްލާމިކް މިނިސްޓަރަކަށް ހުންނެވިއިރު 2015 ވަނަ އަހަރުކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި ޑރ. ޝަހީމް ވިދާޅުވީ، ރަނގަޅުގޮތް ބުނެދިނުމުންވެސް އެޑިއުކޭޝަން މިނިސްޓްރީން ކަތިލީ ޝަޚުސު ކަމަށާއި އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، ބައެއް ފޮތްތަކުގައި އިންޑިއާގެ ސަގާފަތް ޕްރޮމޯޓްކުރަން މަސައްކަތްކޮށްފައިވާކަމަށް ބުނާއިރު، އެ ފޮތްތަކުގައި އެބައިތައް ހިމަނާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކަމަށެވެ.
"2015 ވަނަ އަހަރު ސާރޭޖަހާސެ އައްޗާ ރަނގަޅު.. 2018ގެ ފަހުން ސާރޭޖަހާސެ އައްޗާ ގޯސް.." ރަޝީދު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓްރީން ވަނީ ފޮތްތަކުގައި ދިމާވެގެން އުޅޭ މައްސަލަ ސިޔާސީ ނުކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަން ވަރަށް ބޮޑަށް ސިޔާސީ ކުރަން އުޅޭކަން މިނިސްޓްރީން ފާހަގަކުރިއެވެ.
ރާއްޖޭގެ ބައެއް ގްރޭޑްތަކުގައި ކިޔަވައިދޭ ގުރުއާން ފޮތްތަކުގައި މައްސަލަތަކެއް ހުރިކަމަށް އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ރަނގަޅު ގޮތް ބުނެދިނުމުން ޝަޚުސު ކަތިލައިފި ކަމަށް ވިދާޅުވުން ފިޔަވައި މިނިސްޓްރީން ޑރ. ޝަހީމާމެދު ކުރި އެހެނިހެން ތުހުމަތު ތަކާމެދު އެއްވެސް އެއްޗެއް ވިދާޅުވެ އަދި ރައްދެއްވެސް ދެއްވާފައެއް ނުވެއެވެ.

Rangalhu goy bunedhinumun Shakhsu kathilumaki Education Ministry in hingevi varah zimmaadhaarukan kudakameh. @aisthly
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 6, 2021
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، ބައެއް ފޮތްތަކުގައި އިންޑިއާގެ ސަގާފަތް ޕްރޮމޯޓްކުރަން މަސައްކަތްކޮށްފައިވާކަމަށް ބުނާއިރު، އެ ފޮތްތަކުގައި އެބައިތައް ހިމަނާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކަމަށެވެ.
"2015 ވަނަ އަހަރު ސާރޭޖަހާސެ އައްޗާ ރަނގަޅު.. 2018ގެ ފަހުން ސާރޭޖަހާސެ އައްޗާ ގޯސް.." ރަޝީދު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓްރީން ވަނީ ފޮތްތަކުގައި ދިމާވެގެން އުޅޭ މައްސަލަ ސިޔާސީ ނުކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަން ވަރަށް ބޮޑަށް ސިޔާސީ ކުރަން އުޅޭކަން މިނިސްޓްރީން ފާހަގަކުރިއެވެ.
ރާއްޖޭގެ ބައެއް ގްރޭޑްތަކުގައި ކިޔަވައިދޭ ގުރުއާން ފޮތްތަކުގައި މައްސަލަތަކެއް ހުރިކަމަށް އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ރަނގަޅު ގޮތް ބުނެދިނުމުން ޝަޚުސު ކަތިލައިފި ކަމަށް ވިދާޅުވުން ފިޔަވައި މިނިސްޓްރީން ޑރ. ޝަހީމާމެދު ކުރި އެހެނިހެން ތުހުމަތު ތަކާމެދު އެއްވެސް އެއްޗެއް ވިދާޅުވެ އަދި ރައްދެއްވެސް ދެއްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު