އިސްރާއިލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއިލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއީލުގައި ހުންނަ އެންމެ ސެކިއުރިޓީ ވަރުގަދަ ގިލޯބާ ޖަލުން ބިންގަރާހެއް ކޮނެ ފަލަސްތީނުގެ 6 ގައިދީއަކު ފިލައިފިއެވެ.

މިގޮތައް މިކަން ހިނގުމާއި ގުޅިގެން ޖަލުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އަދި އިސްރާއީލުން ބުނެފަިއވަނީ ޖަލުން ބިންގަރާހެއް ކޮނެ ފިލާފައިވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގްރޫޕްގެ 6 މެމްބަރުން ކަމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ ޖަލު އޮފިސަރަކު ބުނީ މިއީ އިސްރާއީލުގެ ޖަލު ބަލަހައްޓާ ފަރާތްތައް ބޮޑުތަނުން ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި، މިފަދަ ކަމެއް ތަކުރާރު ނުވާނެހެން، އިތުރަށް ހަރުދަނާކޮށް ޖަލު ބެލެހެއްޓުމުގެ ކަންކަން އިންތިޒާމް ކުރަން ޖެހިފައިވާ ކަމަށެވެ.

އިސްރާއީލުން ބުނީ ޖަލުގައި ބިންގަރާހެއް ކޮނެ ފިލާފައިވާ ފަލަސްތީނުގެ ގައިދީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ފަލަސްތީނުގެ ބޯޑަރު ސަރަހައްދުގެ ސެކިއުރިޓީ މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން