ކަލާފާނު ސްކޫލް ދަރިވަރެއްގެ ބޮލަށާއި ކަރަށް ކަތުރެއް ހަރާލައިފިއެވެ.
ފުލުހުން ބުނީ މާލޭ ސްކޫލެއްގައި ދެކުއްޖެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު އެސްކޫލްގެ ދަރިވަރުންތަކެއްގެ މެދުގައި ހިނގި މި މާރާމާރީގައި ޒަޚަމްވި ކުއްޖާގެ ބޮލަށާއި ކަރަށް ވަނީ ކަތުރެއް ހަރާލާފައެވެ.
އެކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއަދު މެންދުރުފަހު 2:30 ހާއިރު ކަލާފާނު ސްކޫލްގެ ދެ ދަރިވަރެއްގެ ދެމެދުގައި ހިނގި ހާދިސާއެއްގައި ދަރިވަރެއްގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަނުން ބުނީ އެކަމާގުޅިގެން ބަލަން ޖެހޭ ކަންތައްތައް އެޑިއުކޭޝަން މިނިސްޓްރީއާއި، ކަލާފާނު ސްކޫލާއި، ފުލުހުން ގުޅިގެން ބަލަމުންގެންދާ ކަމަށެވެ.

ނޫސްބަޔާން pic.twitter.com/BINuIAGcQG
— Ministry of Education (@MoEdumv) September 7, 2021
އެޑިއުކޭޝަނުން ބުނީ އެކަމާގުޅިގެން ބަލަން ޖެހޭ ކަންތައްތައް އެޑިއުކޭޝަން މިނިސްޓްރީއާއި، ކަލާފާނު ސްކޫލާއި، ފުލުހުން ގުޅިގެން ބަލަމުންގެންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު