ކަންނެލި ދޯންޏެއްގައި ހުރި ފަޅުވެރިއަކު ހާލު ދެރަވެގެންއެމްއެންޑީއެފް އިން މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ބަންޔަން ޓްރީ މޯލްޑިވްސް ވަށްބިންފަރު ރިސޯޓްކައިރީގައި އޮތް ކަންނެލި ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއަކު ހާލު ދެރަވެ، ޞިއްޙީ އެހީތެރިކަމަށް މިރޭ އެދިފައިވާ ކަމަށެވެ.
"ރަން ދުވެލި" ނަމަކަށް ކިޔާ ދޯނީގައި ހުރި މި މީހާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިރޭ 20:56 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ސިފައިން އެ ދޯނި އޮތް ސަރަޙައްދަށް ގޮސް ހާލު ދެރަވި މީހާ، މިރޭ 21:23 ހާއިރު މާލެ ގެނެސްދީފައި ވާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު