ރާއްޖޭގައި އިންސާފު ޤާއިމު ނުވަނީ ޤާޟީން "ހަޔާތްކުޑަވުމުން" ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.
އާއްޓޭ މި މޭރުމުން ވިދާޅުވީ، ކުރިން ޤާޟީކަން ކުރެއްވި ފަނޑިޔާރުންތަކެއްގެ މެދުގައި، އެބޭފުޅުންގެ ނަޒާޙަތްތެރި ކަމާމެދު އަމިއްލަފުޅަށް ސުވާލު އުފައްދަވައި ބަހުގެ ޙަމަލާތަކެއް ބަދަލު ކުރަން ފެށުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ހަސަން ނަޖީބަކީ ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމްގެ އަރިހުން އެދިވަޑައިގެންނެވި ބޭފުޅެއްކަމަށް ހައިލަމް ވަނީ ތުހުމަތު ކުރައްވާފައެވެ.
އެކަމާ ގުޅިގެން އާއްޓޭ ވިދާޅުވީ، ޤާޟީން އެވަރަށް ޙަޔާތްކުޑަވުމުން ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމް ނުކުރެވޭނެ ކަމަށެވެ. އަދި ޙައިލަމް ނަޖީބުގެ ވާހަކަ ދައްކަވަންވާނީ މިއަދު ނޫން ކަމަށް އާއްޓޭ ވިދާޅުވިއެވެ.
"މި މީހުންނަކީ މި ފަސްގަނޑުގައި އުޅޭ އެންމެ ޖެހިލުންކުޑަ ގޮތްކުޑަ މީހުން." އާއްޓޭ ވިދާޅުވެފައިވެއެވެ.
ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ގާޒީ ނަޖީބް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމުނީ އަދުލުވެރިކޮށް ނޫންކަމަށެވެ. އެގޮތުން ކޯޓަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ މައްސަލަ ކޯޓުގައި ހިނގަމުންދިޔައިރު އޭރު މައްސަލަ ބައްލަވަމުން ގެންދެވި ކޯޓުގެ އިސް ގާޒީ ހައިލަމާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ދެމެދު ވާހަކަތަކެއް ދެކެވުނުކަން ނަޖީބް ފާހަގަކުރެއްވިއެވެ.
ނަޖީބް ވިދާޅުވީ ހައިލަމާއި އަލީ ޒާހިރާ ދެމެދު ދެކެވުނު ވާހަކައެއްގައި ހައިލަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމާއި ގުޅޭގޮތުން ހުރިހާ ކަމެއް ނިމިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވި އަޑު އެއްސެވިކަމަށެވެ. އަދި އޭރު ކޯޓުގައި އޮތީ އަދީބާއި ޒިޔަތުގެ ފާސިގު ހެކިބަސް ބަލައިގަތުމާއި މެދު ގޮތެއް ނިންމުންކަމަށްވެސް ނަޖީބު ވިދާޅުވިއެވެ. އެހެންކަމުން ހައިލަމަށް ސިޔާސީގޮތުން އޮތް ނުފޫޒު ވަރަށް ސާފުކަމަށް ނަޖީބް ވިދާޅުވިއެވެ.
ނަޖީބުގެ ތުހުމަތާއި ގުޅިގެން ހައިލަމް ވަނީ ރައީސް ޔާމިންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބް ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރަށްވާފައެވެ. އަދި ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އޭނާ ގާތު އެދިވަޑައިގެންނެވި ބޭފުޅެއްކަމަށް ހައިލަމް ތުހުމަތުކުރެއްވިއެވެ.

Miadhaku noon Hailam thivaahaka dhaakaanee. Raajjeyge adhulu insaafu qaaimu nukureveyne Qaaseen thah mivarah hayaaiy ken’duneema. Mi meehun nakee mi fas gan’duga ulhey emme jehelun kuda goiy kuda meehun. pic.twitter.com/y9yRlNWosJ
— Ahmed Arif (@Arttey) September 4, 2021
ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ގާޒީ ނަޖީބް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމުނީ އަދުލުވެރިކޮށް ނޫންކަމަށެވެ. އެގޮތުން ކޯޓަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ މައްސަލަ ކޯޓުގައި ހިނގަމުންދިޔައިރު އޭރު މައްސަލަ ބައްލަވަމުން ގެންދެވި ކޯޓުގެ އިސް ގާޒީ ހައިލަމާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ދެމެދު ވާހަކަތަކެއް ދެކެވުނުކަން ނަޖީބް ފާހަގަކުރެއްވިއެވެ.
ނަޖީބް ވިދާޅުވީ ހައިލަމާއި އަލީ ޒާހިރާ ދެމެދު ދެކެވުނު ވާހަކައެއްގައި ހައިލަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމާއި ގުޅޭގޮތުން ހުރިހާ ކަމެއް ނިމިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވި އަޑު އެއްސެވިކަމަށެވެ. އަދި އޭރު ކޯޓުގައި އޮތީ އަދީބާއި ޒިޔަތުގެ ފާސިގު ހެކިބަސް ބަލައިގަތުމާއި މެދު ގޮތެއް ނިންމުންކަމަށްވެސް ނަޖީބު ވިދާޅުވިއެވެ. އެހެންކަމުން ހައިލަމަށް ސިޔާސީގޮތުން އޮތް ނުފޫޒު ވަރަށް ސާފުކަމަށް ނަޖީބް ވިދާޅުވިއެވެ.
ނަޖީބުގެ ތުހުމަތާއި ގުޅިގެން ހައިލަމް ވަނީ ރައީސް ޔާމިންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބް ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރަށްވާފައެވެ. އަދި ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އޭނާ ގާތު އެދިވަޑައިގެންނެވި ބޭފުޅެއްކަމަށް ހައިލަމް ތުހުމަތުކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު