އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ފެތުރެމުން އަންނަ ގޮތް ނޭނގޭ ބަލީގެ އަސްލު އެ ގައުމުން ހޯދައިފިއެވެ.
އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްއިން މި ބަލީގެ ފުރަތަމަ ކޭސް ފާހަގަވެ، ރިޕޯޓްކޮށްފައިވަނީ ފާއިތުވި އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.
މި ބަލި ފެތުރެން ފެށުމާއެކު މި ބަލީގެ އަސްލު ހޯދުމަށް ކުރެވުނު ދިރާސާތަކުން ދެނެގަނެވުނު ގޮތުގައި މި ބައްޔަކީ ތަފާތު ދެބައްޔެއްކަން ވަނީ އެނގިފައެވެ. މި ދިރާސާއިން އެނގިފައިވަނީ މި ދެ ބައްޔަކީ ޑެންގީ އަދި ސްކްރަބް ޓައިފަސްކަމެވެ. އެގޮތުން ބަލީގެ އެއް ބާވަތަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔަކަށް ވާއިރު، އަނެއް ބައްޔަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަދި މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުން އަދި ގައިގައި ރިއްސުން ހިމެނެއެވެ.
ބަލި ދެނެގަނެވުމުގެ ކުރިން ފާއިތުވި ދުވަސްތަކުގައި މި ދެ ބަލީގެ ޝިކާރައަކަށްވެ 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 40 ކުޑަކުދިން ހިމެނެއެވެ. އަދި މި ބަލި ޖެހިގެން މިހާރުވެސް ގިނަ ކޭސްތަކެއް ރިޕޯޓް ކުރާ ކަމަށް އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު