އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުމާއެކު މަޤާމުން އެކަހެރިކޮށްފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކެމްޕޭން ފަށްޓަވައިފިއެވެ.
މަޙްލޫފް މިރޭ ވިދާޅުވީ، ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުމާއެކު، ކ. ކާށިދޫ އިން އޭނާގެ ކެމްޕެއިން ފަށާފައިވާ ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ވާދަކުރެއްވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ނިންމުން ނިންމާފައިވަނީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ. މަޙްލޫފް ވަނީ ކާށިދޫގެ އެމްޑީޕީ މެންބަރުން އޭނާއަށް ވިދާޅުވި މަރުޙަބާއާއި، ދެއްވި ޔަޤީންކަމަށް ޝުކުރު އަދާކުރަށްވާފައެވެ. މަޙްލޫފްގެ ދަތުރުގައި ވަނީ ކާށިދޫގައި ޔޫތު މިނިސްޓްރީން ހިންގަވާ މަޝްރޫއުތައް ބައްލަވާ ލައްވާފައެވެ.
"ފުޓުބޯޅަ ދަނޑުގެ މަަަސައްކަތް ކުރިއަށްދާތީ އުފާކުރަން. ޕާކުގެ މަސައްކަތް އަވަސްކުރުމާ، އިތުރު ބައެއްކަންކަމާ ކައުންސިލްއާއެކު މަޝްވަރާކުރެވުނު." މަޙްލޫފް ވިދާޅުވެފައިވެއެވެ.
މަހުލޫފަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކުރިން ނިންމައިފައި އޮތް ނިންމުން އިސްތިއުނާފަށް ހުށަހެޅުމުންނެވެ. މަޙްލޫފްގެ ނަން ދާއިމީ ލިސްޓުގައި ހިމަނާފައިނުވަނީ، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާތީއެވެ.
މަޙްލޫފް ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައަޅުއްވާފައެވެ. އެކަމާގުޅިގެން އީސީން ނިންމާފައިވަނީ އެމްޑީޕީގެ މަޤާމުތަކަށް ކުރިމަތިލެވޭނެ ޝަރުތުތައް އެޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެނޫން އިތުރު ޝަރުތެއް ކުރެވޭނީ އެޕާޓީގެ އެތެރޭގެ ގުނަވަނަކުން ފާސްކޮށްގެން ކަމަށެވެ.
މަޙްލޫފްގެ ކެމްޕޭން ފަށާފައިވާއިރު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން 33000 އެމެރިކާ ޑޮލަރު މަޙްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްބުނެ މަހްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
އެމައްސަލާގައި ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމަންދެން މަޙްލޫފް ހުންނެވީ ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.

ވާދަކުރުމުގެ ފުރުސަތުލިބުމާއެކު،ކެމްޕެއިން މިފެށީ ކާށިދޫ އިން.
— Ahmed Mahloof (@AhmedMahloof) September 9, 2021
MDPގެ މެންބަރުން ވިދާޅުވި މަރުޚަބާއަށް އަދި ދެއްވި ޔަޤީންކަމަށް ޝުކުރު.
ފުޓުބޯޅަ ދަނޑުގެ މަަަސައްކަތް ކުރިއަށްދާތީ އުފާކުރަން.
ޕާކުގެ މަސައްކަތް އަވަސްކުރުމާ/އިތުރު ބައެއްކަންކަމާ ކައުންސިލްއާއެކު މަސްވާރާކުރެވުނު. pic.twitter.com/ao9MIjD5Hp
މަހުލޫފަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކުރިން ނިންމައިފައި އޮތް ނިންމުން އިސްތިއުނާފަށް ހުށަހެޅުމުންނެވެ. މަޙްލޫފްގެ ނަން ދާއިމީ ލިސްޓުގައި ހިމަނާފައިނުވަނީ، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާތީއެވެ.
މަޙްލޫފް ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައަޅުއްވާފައެވެ. އެކަމާގުޅިގެން އީސީން ނިންމާފައިވަނީ އެމްޑީޕީގެ މަޤާމުތަކަށް ކުރިމަތިލެވޭނެ ޝަރުތުތައް އެޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެނޫން އިތުރު ޝަރުތެއް ކުރެވޭނީ އެޕާޓީގެ އެތެރޭގެ ގުނަވަނަކުން ފާސްކޮށްގެން ކަމަށެވެ.
މަޙްލޫފްގެ ކެމްޕޭން ފަށާފައިވާއިރު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން 33000 އެމެރިކާ ޑޮލަރު މަޙްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްބުނެ މަހްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
އެމައްސަލާގައި ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމަންދެން މަޙްލޫފް ހުންނެވީ ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު