އިދކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދާ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިޙްތިޖާޖްގެ ބައިވެރިންނަށް ހިތްވަރު ދެއްވައިފި އެވެ.
"އިންސާފު ހޯދަން"ގެ ޝިޢާރުގެ ދަށުން އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދާ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީ ގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލައްވަމުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވުމުގެ އިޝާރާތް ކުރަށްވާފައެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައި ނަމަވެސް އެމަނިކުފާން ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ. މީގެ ކުރިން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ހުކުމް ތަންފީޒް ކުރުމަށް ގޭބަންދުގައި ހުންނެވިއިރު އެމަނިކުފާނުވެސް ވަނީ ގޭގެ ބެލްކަނީގައި ހުންނަވައިގެން ޢީދު ފެން ކުޅުއްވާފައެވެ.
އިދިކޮޅުން މިއަދު ކުރިއަށް ގެންދާ އިޙްތިޖާޖުގައި ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ނާއިބު ރައީސަކަށް ހުންނެވި ޢަބްދުﷲ ޖިހާދުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އިޙްތިޖާޖުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ، މި ސަރުކާރުން ވަރަށް ބޮޑަށް އަނިޔާލިބިއްޖެ ކަމަށާއި، އެހެންކަމުން ދެން އެމަނިކުފާނު ހުންނަވާނީ މަގުމަތީގައި ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

މިއަދުގެ އިޙްތިޖާޖުގައި އިދިކޮޅު ކޯލިޝަންގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބައެއް ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުން ތަމްޞީލުކުރައްވާ ބައެއް މެންބަރުންނާއި ޢާއްމުން ވަނީ ބައިވެރިވެފައެވެ.

މި އިޙްތިޖާޖުގައި މާލޭގެ މަގުތަކަށް ނިކުމެ ހިނގާލުމުގެ ފުރުސަތު ފުލުހުން ނުދިނުމުން އިޙްތިޖާޖު ކުރިއަށް ގެންދަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަޙައްދުން އާޓިފިޝަލް ބީޗުގައެވެ. އިދިކޮޅުގެ މި އިޙްތިޖާޖް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިއަދު ކުރިއަށްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު