ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ހުޅުމާލެ ޖަލުގައި ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މި ކުއްލި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވެފައިވާ ކަމަށާއި، މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށާއި، އާއިލާގެ ފަރާތުން ކުރަމުންދާ ތުހުމަތުތައް ތަހުގީގުކޮށްދިނުމަށެވެ.

ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ނިޔާވެފައިވަނީ، ގދ. ވާދޫ ޖަަނަވަރީގެ، މުހައްމަދު އަސްލަމެވެ.

މި މައްސަލައިގައި ބުނެފައިވަނީ، އަސްްލަމް ނިޔާވިކަން ކަރެކްޝަންގެ ފަރާތުން އާއިލާއަށް ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 5 ޖެހިއިރު ކަމަށާއި، ނަމަވެސް އާއިލާއަށް އެ މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށެވެ. އަދި ނިޔާވި ޚަބަރުގެ މައުލޫމާތު ވެސް އާއިލާއަށް ލިބުނީ އެހެން މީހެއްގެ ފަރާތުން ކަމަށްވެސް ބުނެފައިވެއެވެ.

އެ މައުލޫމާތު ލިބުމުން އެވަގުތު ހޮސްޕިޓަލަށް ގޮސް އާއިލާގެ ފަރާތުން ކަރެކްޝަންގެ އޮފިސަރުންނާ ސުވާލުކޮށްފައިވާ ކަމަށާއި، އަދި އަސްލަމް ފަރުވާ ހޯދަމުންދާކަމަށް ބުނެ އޮފިސަރުންވަނީ އާއިލާއަށް އޮޅުވާލަން މަސައްކަތްކޮށްފައި ކަމަށެވެ. އަދި އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަށް އާއިލާއިން ވަންއިރު އޭނާ ނިޔާވެފައިވާކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަސްލަމް ބަލިވެ ހާލުދެރަވިކަން އިމަރޖެންސީ ނަމްބަރަށް ގުޅައި އަންގާފައި ނުވުން އެއީ އިހުމާލެއް ކަމަށާއި، މިނިވަން ތަހުގީގެއް ހިންގައި ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން