އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގު ހޯދުމަށް އަންހެނުން ނުކުމެ މުޒާހަރާކުރަނީ
އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގު ހޯދުމަށް އަންހެނުން ނުކުމެ މުޒާހަރާކުރަނީ
އަންހެނުންގެ ހައްގުތައް ދޭނެ ކަމަށްބުނެ ޠާލިބާނުން ވެފައިވާ ވައުދުތަކާއި ޚިލާފުވަމުން އަންނަ ކަމަށް ޗިލީގެ ރައީސް މިސޭލް ބަޗެލެޓް ވިދާޅުވެއްޖެއެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަމުން ޗިލީގެ ރައީސް މިސޭލް ބަޗެލެޓް ވިދާޅުވީ ޠާލިބާނުން އަފްޣާން ހިފުމަށްފަހު އަންހެނުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނުގެންނާނެ ކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް މިހާރު ފެންނަމުން ދަނީ ވައުދުތަކާ ޚިލާފުވަމުންދާތަން ކަމަށެވެ. މީގެ އިތުރުން ޠާލިބާނުން އެކުލަވާލި ވަގުތީ ކެބިނެޓުގައިވެސް އަންހެނަކު ނެތުމުން އަންހެނުންގެ ހައްގުތަކަށް ޠާލިބާނުން އިސްކަން ނުދޭކަން ހާމަވާ ކަމަށް މިސޭލް ވިދާޅުވިއެވެ.

މިފަހުން ޠާލިބާނުންގެ އިސް ފަރާތްތަކުން އަންހެނުންގެ އަގު ވެއްޓޭނެހެން ވާހަކަދައްކާފައިވާއިރު، ދާދި ފަހުން އަފްޣާންގެ ވެރިރަށް ކާބުލްގައި ވަނީ އެގައުމުގެ އަންހެނުން ނުކުމެ އިހުތިޖާޖު ވެސް ކޮށްފައެވެ.

މި އިހުތިޖާޖުގައި ބައިވެރިވި މީހުން ބުނަމުން ގެންދިޔައީ ޠާލިބާނުން އަންހެނުންގެ ހައްގުތައް ހަނިކޮށްފައިވާ ކަމަށެވެ. އަދި އަންހެނުންނަށް މިނިވަންކަން މަތީ އުޅެވެން ޖެހޭނެ މަގު ފަހިކޮށށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން