އަންނަ އަހަރުގެ ބަޖެޓައް 37 ބިލިއަން ރުފިޔާ ކަނޑައަޅަން ނިންމައި، އަންނަ އަހަރު ދައުލަތަށް 23.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް މައުލޫމާތު ދެމުންނެވެ. އެގޮތުން ކުރިއަށް އޮތް އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ހާލަތުގައި ދަރަނި އަދި މާލީ ހާލަތު އެއް ހަމައެއްގައި ދެމެހެއްޓުންކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ކުރިއަށް އޮތް އަހަރަށް ޖުމްލަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފަައެވެ. އަންނަ އަހަރުގެ ބަޖެޓުގެ ރިކަރެންޓް ހަރަދެއްގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން އަންނަ އަހަރު ކެޕިޓަލް ހަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން އައު މަޝްރޫޢުތަކަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާއެވެ.
އަދި ކުރިއަށް އޮތް ދެ އަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މުހިއްމު ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒު ކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ މިފަހަރު މިވަރަށް އަދަދުތައް ކަނޑައަޅާފައިވަނީ ބަޖެޓުގައި މިއަށްވުރެ އިތުރަށް ޖާގަ ދެވެން ނެތުމުން ކަމަށެވެ. އަންނަ އަހަރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7.1 ބިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވާއިރު ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކުރަން ވެސް ކަނޑައަޅާފައި ވެއެވެ. އެގޮތުން ޖުމްލަ ބަޖެޓުގެ ޚަރަދުގެ ގޮތުގައި 33.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބަޖެޓު ބާކީއަކީ ލޯން އަނބުރާ ދެއްކުމަށް ހިނގާ ހަރަދުކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިއަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 23.66 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު އައު ސިޔާސަތުތަކުން 1.3 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު