ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި އެތަނުގައި އިމާރާތްކުރަން ހަވާލުކޮށްފައިވަނީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
4.3 މިލިއަން ރުފިޔާގެ ބަޖެޓެއްގައި އިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް 80 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަޙައްދުގައި މިސްކިތެއް ނެތްކަމުގެ ޝަކުވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު