ރަސްފަންނު މޫދަށް ގިނަ ޢަދަދަކަށް ކަޅު ތެޔޮ ހުރުމުގެ ސަބަބުން އެތަން ބަންދުކޮށްފިއެވެ.

އެ ސަރަހައްދަށް ގިނަ ޢަދަދެއްގެ ތެޔޮ ޖަމާވެފައިވާއިރު ތެޔޮ ސާފުކުރުމަށް އެމްއެންޑީއެފް އާއި ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ މާލޭ ސިޓީ ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެއޮ ޖަމާވުމާ އެކު އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވިން ޔުނިޓްގެ ޑައިވަރުން މި ސަރަހަށްދު ސާފު ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ އެ ސަރަޙައްދު ބަންދުކޮށް މޫދަށް އެރުން މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު