ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެންގުޅުއްވާ ސިޔާސަތާއި އުކުޅުތަކަށް ނުރުހޭ މީހުންގެ އަދަދު ގިނަވެ، ބައިޑަންގެ މަޤުބޫލުކަން ބޮޑުތަނުން ދަށްވެއްޖެއެވެ.
އިނގިރޭސިވިލާތުގެ މަޤުބޫލު ނިއުސް އެޖެންސީއެއްކަމަށްވާ ރޮއިޓަރސްއިން ދާދިފަހުން ކުރިއަށް ގެންގޮސްފައިވާ ޕޯލެއްގެ ނަތީޖާ ދައްކާގޮތުން، ބައިޑަން އޮފީހަށް ވަޑައިގެން ކުރައްވާ މަސައްކަތަށް ގަބޫލުވެ، އެކަމާ ރުހެނީ 44 އިންސައްތަ މީހުން ކަމަށްވާއިރު، 50 އިންސައްތަ މީހުންނަށް އޭނާ ކުރާ މަސައްކަތް ކަމަކުނުދެއެވެ. މީގެ އިތުރުން މި ޕޯލްގައި ބައިވެރިވި ބާކީ ތިބި މީހުންނަކީ ވަކި އެއްޗެއް ބުނަން ބޭނުން ނުވާ މީހުންނެވެ.
މި ޕޯލްގެ ނަތީޖާއިން ފެނިގެންދަނީ ބައިޑަންއަށް އޮތް ތާއީދު ވަރަށް ބޮޑަށް ގެއްލިފައިވާކަމަށެވެ.
އެގޮތުން މިހާ ބޮޑަށް ބައިޑަންއަށް އޮތް ތާއީދު ގެއްލުމުގެ ސަބަބުތަކުގެ ތެރޭގައި، އެމެރިކާގައި އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވެ މަރުވާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއި، އަފްޣާނިސްާނުގައި އެމެރިކާއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ ހިމެނެއެވެ. އެގޮތުން ފާއިތުވެދިޔަ މަސް ދުވަސް ތެރޭގައި އެމެރިކާގައި ބައިޑަންއަށް އޮތް ތާއީދު ވަނީ 50 އިންސައްތައަށް ވުރެ ދަށަށް ވެއްޓިފައެވެ.
ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލްކުރުމުގެ ގޮތުން ބައިޑަންވަނީ ވެކްސިން ޖެހުން މަޖުބޫރުކޮށްފައެވެ. މިކަންކަމަށް ގިނަ ބައެއް ތާއިދު ކުރިނަމަވެސް ރިޕަބްލިކަނުން އަންނަނީ މި ފަދަ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު