ފިޔަވަތި ކައިރީގައި އެމްއެންޑީއެފް ފަޔަރ ޓްރަކް
ފިޔަވަތި ކައިރީގައި އެމްއެންޑީއެފް ފަޔަރ ޓްރަކް
ހުޅުމާލޭ ފިޔަވަތީގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތީ"ގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ވަނީ ދައުރުވާން ފަށާފައެވެ. އަދި އެތަނުގައި ދިރިއުޅޭ ކުދިން މިއަދު ހަވީރު ވަނީ އެތަނުގެ ފުރާޅުމައްޗަށް ނިކުމެފައެވެ.

އެސަރަޙައްދުގައި ގިނަ ޢަދަދެއްގެ ޢާއްމުންވެސް ދަނީ ޙަރަކާތްތެރި ވަމުންނެވެ. އަދި ފުލުހުންނާއެކު ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ބޭފުޅުންވެސް އެ ސަރަޙައްދުގައި އެބަ ތިއްބެވިއެވެ.

އެމްއެންޑީއެފުން ބުނީ ފިޔަވަތީގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު މިރޭ 18:55 ގައި ލިބިފައިވާ ކަމަށެވެ. އަދި ރޯވެފައިވާ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން