އަފްޣާންގެ އަނހެންކުދިންތަކެއް ސްކޫލުގައި ކިޔަވަނީ
އަފްޣާންގެ އަނހެންކުދިންތަކެއް ސްކޫލުގައި ކިޔަވަނީ
އަފްޣާނިސްތާނުގެ ސްކޫލްތައް ހޮނިހިރު ދުވަހުން ފެށިގެން ފިރިހެންކުދިންނަށް ހުޅުވާލާނެކަމަށް އެ ޤައުމުގެ އަލަށް އެކުލަވާލައިފައިވާ ތާލިބާން ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަފްޣާނިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ފިރިހެންކުދިންނަށް އަލުން ސްކޫލް ހުޅުވާލިކަން ހާމަކޮށްފައިވީ ނަމަވެސް، އަންހެން ކުދިންނަށް ސްކޫލުތައް ހުޅުވާލާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ތާލިބާނުންގެ ކޮންޓްރޯލްގެ ދަށުގައި މިހާރު އޮތް އަފްޣާނިސްތާންގެ، ކެޕިޓަލް ސިޓީ ކަމަށްވާ ކާބުލްގައި ވެސް ތައުލީމްދޭ ގިނަ ތަންތަން ވަނީ ބަންދުކޮށްފައެވެ. އަދި މި ތަންތަން ބަންދުކޮށްފައިވާތާ މަސްދުވަހަށް ވުރެ ގިނަ ވެދާނެކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.

އެގޮތުން އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ގްރޭޑް ހަޔަކާހަމައަށް އަންހެން ކުދިންނަށް ކިޔަވައިދެމުން ދާއިރު، މަތީ ގްރޭޑްތަކުގައި ކިޔަވާ އަންހެންކުދިންނަށް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

ތާލިބާނުން އައު ސަރުކާރު އެކުލަވާލާފައިވާއިރު، އެމީހުން ބުނަމުން އަންނަނީ ކުރިން އަފްޣާނިސްތާނުގައި ވެރިކަން ކުރި ސިޔާސަތުތަކެއް މިފަހަރު ނުގެންގުޅޭނެކަމަށާއި، ކުރިން އަންހެންކުދިންނަށް ކިޔެވުމުގެ ފުރުސަތު ބަންދުކޮށްފައި އޮތް ނަމަވެސް މިފަހަރު އަންހެން ކުދިންނަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދޭނެކަމަށް ތާލިބާނުން އަންނަނީ ބުންމުންނެވެ. ނަމަވެސް ތާލިބާނުން އެއަށްފަހު ސްކޫލު ހުޅުވުމާބެހޭ ގޮތުން ނެރުނު ބަޔާނުގައި އަންހެން ކުދިންގެ ވާހަކަ އެއްވެސް ވަރަކަށް ހިމަނާފައިނުވެއެވެ.

އަންހެނުން މަސައްކަތް ކުރުމަށް ތާލިބާނުން ހުރަސް އަޅަމުން އަންނަކަން ބައެއް ރިޕޯޓްތަކުން ބުުނާއިރު، އަންހެނުންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އަފްޣާނިސްތާނުގައި އަންހެނުން މުޒާހަރާވެސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން