ޙަސަން ލަޠީފް (ކ)
ޙަސަން ލަޠީފް (ކ)
ޙަރަކާތެއް ހިންގުމަށް ބޭނުންވާ ކޮންމެ ކެންޑިޑޭޓަކަށް އެމްޑީޕީގެ ހަރުގެ ދޫކުރާނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލޭ ސިޓީގެ ރައީސްގެ މަޤާމަށް ވާދަކުރަށްވާ ޝިފާ މުޙައްމަދުގެ ކެންޕޭން އިވެންޓެއް ކުރިއަށް ގެންދިއުމަށް ޕާޓީގެ ހަރުގެ ބޭނުންކޮށްފައިވާތީ އެކަން ހިނގާދިޔަގޮތް ސާފްކޮށްދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، ޕާޓީ ހަރުގޭގައި ޙަރަކާތް ބޭއްވުމަށް ކޮންމެ ކެންޑިޑޭޓަކު އެދުނު ކަމުގައި ވީ ނަމަވެސް މީގެ ކުރިންވެސް ހަރުގެ ދޫކޮށްފައިވާ ކަމަށެވެ.

އަދި އެ އުސޫލުން މިހާރުވެސް ހަރުގެ ދޫކުރަމުންދާ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

ޝިފާގެ ޙަރަކާތަށް ޕާޓީގެ ހަރުގެ ދޫކޮށްފައިވަނީ ވަރަށް ޚުދުމުހުތާރުކޮށް ކަމަށާއި، މިއީ ވަކި ޢާއިލާއެއްގެ ބާރު ޕާޓީގައި ގަދަވުމުން ވާ ގޮތެއް ކަމަށް ބުނެ ޙަސަން ލަތީފަށް ސޯޝަލް މީޑިއާގައި ވަނީ ބައެއް ފަރާތްތަކުން ރައްދު ދީފައެވެ.



ކެންޑިޑޭޓުންގެ ކެންޕޭން ޙަރަކާތް ހިންގުމުގެ އިތުރުން، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭގޮތުން މިހާރު ސޮއިކުރަމުންދާ ޕެޓިޝަންގެ މަސައްކަތްތަކަށް އެމްޑީޕީގެ ހަރުގެތަކާއި ޖަގަހަތައް ދަނީ ބޭނުން ކުރަމުންނެވެ. ބަރުލަމާނީ ޕެޓިޝަން ފުރުމުގައި ރަށްރަށުގައި އިސްކޮށް ޙަރަކާތްތެރި ވަމުން ގެންދަނީ އެމްޑީޕީގެ ރަށްރަށުގެ ގޮފިތަކުގެ އިސްފަރާތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން