ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ފިޔަވަތީގެ މައްސަލަ ޙައްލުކުރެވޭނީ އޯގާތެރި ބަޔަކަށް ކަމަށާއި، އޯގާތެރިން ތިބީ އިދިކޮޅު ކޯލިޝަންގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފިޔަވަތީގެ މައްސަލައިގައި ވަރަށް ތަފާތު ވާހަކައެއް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު ފިޔަވަތީގެ މައްސަލައިގައި ތަފާތު ހައްލެއް ދެއްކެވިއިރު އެތަނަކީ އާދަމް ޝަރީފު އެސަރުކާރެއްގައި ހިމެނިވަޑައިގެންނެވި ނިމިދިޔަ ސަރުކާރުގައި ވެސް އެފަދަ އެތައް މައްސަލަތަކެއް ފެންމަތިވެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެގެންދިޔަ ކަމެކެވެ. ކުދިންގެ އަޚުލާގީ މައްސަލަތަކާއި އެތަނުގައި މަސައްކަތްކުރާނެ އެކަށީގެންވާ މީހުން ނުލިބުމާއި ވަސީކަތްތައް ނެތުމުގެ މައްސަލައަކީ އެތަން އުފެދުނީއްސުރެ ތަޖުރިބާކުރަން ޖެހިފައިވާ މައްސަލަތަކެއްކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، ފިޔަވަތީގެ މައްސަލަ ޙައްލުވާނީ، އެތަނުގައިތިބި ކުދިންގެ ބޭނުންތަކާއި، ބޭނުންތައް އެނގޭ ބަޔަކު އެތަނާ ޙަވާލުވެގެން ކަމަށެވެ.

އަދި އެކުދިން އެޙާލަތަށް އައި ސަބަބުތައް ދެނެގަނެވޭފަދަ އޯގާތެރި، އިޚްލާސްތެރި ބަޔަކު ޖެންޑަރ މިނިސްޓްރީއާ ޙަވާލުވެގެން ނޫނީ އެކަން ޙައްލު ނުކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މައްސަލަ ޙައްލު ކުރެވޭނީ ޕީޕީއެމް/ޕީއެންސީ ގެ ވެރިކަމެއްގައި." އާދަމް ޝަރީފް ވިދާޅުވިއެވެ.

ފިޔަވަތީގައި މައްސަލަގަނޑު ބޮޑުވެ ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތައް ހަލާކުކޮށް ހަދާފައިވާއިރު އެތަނުގައި ވަނީ އަލިފާން ވެސް ރޯކޮށްލާފައެވެ. ނަމަވެސް އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. މިހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާ އެއް ލިބިފައެއް ނުވެއެވެ.

މިކަންތައްތަކާ އިދިކޮޅު ކޯލިޝަނުން ދަނީ މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން