ހުޅުމާލޭ ފިޔަވަތި
ހުޅުމާލޭ ފިޔަވަތި
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި މިއަދު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު މިއަދުވެސް އެތަނުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ބުނާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ، މިއަދު ފިޔަވަތީގައި އެއްވެސް “ރައަޓެއް” ހިންގާފައި ނުވާކަމަށެވެ. އަދި އާއްމުވެފައިވާ ވީޑިއޯގައި އެމްބިއުލަންސްގައި ގެންދާ ކުއްޖާ އަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުޖެއްކަމަށާއި، އެ މަންޒަރަކީ އެކުއްޖާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވޭ މަންޒަރު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަނީ، ކުދިންނާއި ގުޅޭ މިފަދަ ހާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސް ކޮށްފައެވެ.



ފިޔަވަތީގައި މައްސަލަގަނޑު ބޮޑުވެ ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތައް ހަލާކުކޮށް ހަދާފައިވާއިރު އެތަނުގައި ވަނީ އަލިފާން ވެސް ރޯކޮށްލާފައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ ކޮމިޓީންވެސް ގެންދަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން