ފިޔަވަތީގައި ތިބޭ ކުދިންނަށް އެންގަރ މެނޭޖްމަންޓް ކިޔަވައިދިނުމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ފަރާތުން އަޚްލާޤީ މައްސަލަތަކެއް ފެންމަތިވަމުންދާކަން އާންމުވެފައިވާ މިދަނޑިވަޅުގައި އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، އެމައްސަލަ ޙައްލު ކުރުމަށް ފިޔަވަތީގައި ތިބޭ ކުދިންނަށް އަޚްލާޤް ދަސްކޮށްދިނުމާ އެންގާ މެނޭޖްމަންޓް ޕްރޮގްރާމް، ނުވަތަ ރުޅި ކޮންޓްރޯލް ކުރުމާބެހޭ ޕްރޮގްރާމެއް ހިންގަންޖެހޭ ކަމަށެވެ.
އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ އަޚްލާޤާއިމެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ޒައިދު ވިދާޅުވީ، ޢާއްމުންގެ ކުރިމަތީގައި އައުގުރާނަ ކިޔައި، ތަންތަނުގައި ހުޅުޖަހައި ހަދާ ހެދުމުން އެކުދިންގެ އަޚްލާޤާއި ސުލޫކު ގޯސްވެފައިވާމިންވަރު ހާމަވާ ކަމަށެވެ. ނަމަވެސް ފިޔަވަތީގައި މުޅިން ތިބީ ކުޑަކުދިން ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
"ފިޔަވަތީގައި ޖަރީމާ ހިންގަނީ ޤާނޫނުގައި ކުޑަކުދިންނޭ ކިޔަކަސް، އަސްލު އިސްލާމީ ޝަރީޢާގައި ބޮޑެތި މީހުން. 17 އަހަރު 16 އަހަރު މީ އެމީހަކު ހިންގާ ޖަރީމާއަށް ޒިންމާ ނަގަންޖެހޭ އަދި ނަގުވަންޖެހޭ ޢުމުރެއް!" ޒައިދު ވިދާޅުވެފައިވެއެވެ.
ޒައިދު އިތުރަށް ވިދާޅުވީ، ޤާނޫނުގައި ކުޑަކުދިންގެ ޢުމުރަކީ 20 އަހަރުންދަށް ކަމަށްވެސް ކަނޑައެޅިދާނެ ކަމަށާއި، ނަމަވެސް އެއީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުން އުމުރިން 18 އަހަރު ނުފުރޭނަމަ ބަލާނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. އަދި ކުށްކުރުމާއި އަޚުލާގާއި އެހެނިހެން ދުނިޔެވީ ކަންކަމުގައިވެސް 18 އަހަރު ނުވާ ކުދިންނާމެދު އަމަލު ކުރަނީ ކުޑަކުދިންނާ މެދު އަމަލުކުރާ އުސޫލުންނެވެ. ނަމަވެސް މިއުމުރަކީ ކުޑަކުދިން ކަމުގައި ބެލުމާމެދު އިސްލާމް ދީނުގެ އިލްމްވެރިންގެ މެދުގައި ޚިޔާލު ތަފާތުވާ ކަމެކެވެ.
ފިޔަވަތީގައި ހިނގަމުންދާ ހާދިސާތަކާއި ގުޅިގެން ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ މައްސަލަ އެ އޮފީހުން މޮނިޓަރކުރަމުން ގެންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް އިދާރާއަކުން އަދި އާންމު ފަރާތްތަކުންވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ އާންމު ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ފިޔަވަތީގެ ކުދިންގެ އުޅުމާ، ޢާމުން ކުރިމަތީ އައުގުރާނަ ކިޔައި، ތަންތަނުގައި ހުޅުޖަހައި ހަދާ ހެދުމުން އެކުދިންގެ އަޚްލާޤާއި ސުލޫކު ގޯސްވެފައިވާމިންވަރު ހާމަވޭ. މިކަން ޙައްލު ކުރުމަށް އެކުދިންނަށް އަޚްލާޤް ދަސްކޮށްދިނުމާ އެންގާ މެނޭޖްމަންޓް ޕްރޮގްރާމް ހިންގަންޖެހޭ!
— Ali Zaid (@alizaid1000) September 19, 2021
ޒައިދު އިތުރަށް ވިދާޅުވީ، ޤާނޫނުގައި ކުޑަކުދިންގެ ޢުމުރަކީ 20 އަހަރުންދަށް ކަމަށްވެސް ކަނޑައެޅިދާނެ ކަމަށާއި، ނަމަވެސް އެއީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުން އުމުރިން 18 އަހަރު ނުފުރޭނަމަ ބަލާނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. އަދި ކުށްކުރުމާއި އަޚުލާގާއި އެހެނިހެން ދުނިޔެވީ ކަންކަމުގައިވެސް 18 އަހަރު ނުވާ ކުދިންނާމެދު އަމަލު ކުރަނީ ކުޑަކުދިންނާ މެދު އަމަލުކުރާ އުސޫލުންނެވެ. ނަމަވެސް މިއުމުރަކީ ކުޑަކުދިން ކަމުގައި ބެލުމާމެދު އިސްލާމް ދީނުގެ އިލްމްވެރިންގެ މެދުގައި ޚިޔާލު ތަފާތުވާ ކަމެކެވެ.
ފިޔަވަތީގައި ހިނގަމުންދާ ހާދިސާތަކާއި ގުޅިގެން ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ މައްސަލަ އެ އޮފީހުން މޮނިޓަރކުރަމުން ގެންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް އިދާރާއަކުން އަދި އާންމު ފަރާތްތަކުންވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ އާންމު ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު