އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދާ މުޒާހަރާ
އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދާ މުޒާހަރާ
އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ.

ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން ކަމަށްބުނެ އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެޕާޓީގެ ޢާއްމު މެންބަރުން ވަނީ ބައިވެރިވެފައެވެ.

ނަމަވެސް ފުލުހުން ވަނީ ޤާނޫނީ އިންޒާރު ދިނުމަށްފަހު މުޒާހަރާ ކުރަން ފުރުސަތު ނުދޭނެ ކަމަށް ބުނެ މުޒާހަރާ ރޫޅާލާފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންދަނީ މާލޭގެ އެކި ސަރަޙައްދުތަކަށް ޖަމާވެ މުޒާހަރާ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ.

މިރޭގެ މުޒާހަރާއަކީ ފިޔަވަތީގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރުމަށް އިންތިޒާމުކުރި ޙަރަކާތެއް ނަމަވެސް މުޒާހަރާގެ ބައިވެރިން މިރޭ ގޮވާލާފައިވަނީ ރައީސް ޔާމީން މިނިވަންކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން