ސިންގަޕޯރުގައި ރެކޯޑު އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ފެންނަމުން ދާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުގައި ފިޔަވަޅުތައް ވަރުގަދަ ކުރަާނެ ކަމަށް ހެލްތު މިނިސްޓރީން ބުނެފިއެވެ.
އެގޮތުން ގޭގައި ތިބެގެން މަސައްކަތް ކުރާގޮތަށް މިހާރު ހަމަޖައްސާފައިވާއިރު، އާންމު ތަންތަނަށް ދެ މީހުންނަށް ވުރެ ގިނައިން އެއް ނުވެވޭނެގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
ސިންގަޕޫރަކީ ގިނަ އަދަދެއްގެ ބައެއް ވެކްސިން ޖަހާފައިވާ ޤައުމެއްކަަން ފާހަގަކުރެވުނު ނަމަވެސް، މިހާރު އެ ޤައުމުގައި އަންނަނީ ރެކޯޑު މިންވަރަކަށް މީހުންނަށް ކޮވިޑް ޖެހެމުންނެވެ. އެގޮތުން އަންގާރަ ދުވަހު އެކަނިވެސް 1504 މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. އަދި މިއީ މިފަހަކުން ސިންގަޕޯރުގައި އެއް ދަވަސް މަތިން އެހާ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައިވާ ފުރަތަމަ ފަހަރެވެ.
ސިންގަޕޫރުގެ އާބާދީގެ 82 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި ފާއިތުވި ހަތަރު ހަފްތާގައި އެގައުމުން ފެނިފައިވާ ކޮވިޑް ކޭސްތަކުގެ 98 އިންސައްތަ މީހުންނަށް ކޮވިޑްގެ ސަބަބުން ބޮޑުވަރު ވެގެން ހޮސްޕިޓަލުގައި އެނދުމަތިވާން ނުޖެހޭކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސިންގަޕޫރުގެ ޓްރޭޑް މިނިސްޓަރ އަދި ކޮރޯނާވައިރަސް ޓާސްކްފޯރސްގެ ކޯ ޗެއަރ ގެން ކިމް ޔޮންގ ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމަކީ ނިންމަންޖެހުނު އުނދަގޫ ނިންމުމެއްކަމަށެވެ. އެއީ އެކަމުގެ ސަބަބުން ވިޔަފާރިތަކަށާއި މީހުންނަށް ވަރަށް ބޮޑެތި އަސަރުތަކެއްކުރާނެތީއެވެ. އެހެންނަމަވެސް މިފިޔަވަޅުތަކުގެ ސަބަބުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ލުއިވާނެކަމަށް ވިދާޅުވިއެވެ.
ސިންގަޕޫރުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި ކޮންމެ އަށް ދުވަހަކުން ކޭސްތައް އަންނަނީ ދެގުނަ ވަމުންނެވެ. އަދި ކުރިޔަށް އޮތްތަނުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިޔަށް އޮތް ހަފްތާތަކުގައި ދުވާލަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު 6000 އަށް އަރާނެކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެންމެ ފަހުން މިއެޅި ފިޔަވަޅުތައް އޮކްޓޯބަރ މަހުގެ 24 އާއި ހަމައަށް ދެމިއޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު