މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓި އެމްޑީޕީގެ ޤައުމީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ފަށައިފިއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. 700 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ މި އިންތިޚާބުގައި 455 މަޤާމަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިހާތަނަށް އިންތިޚާބަކާ ނުލައި 165 ކެންޑިޑޭޓުންނަށް ވަނީ މަޤާމުތައް ކަށަވަރުވެފައެވެ.
92 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ފަރާތުން ދަނީ ކެންޑިޑޭޓުން ވާދަކުރަމުންނެވެ.
މިއަދުގެ ވޯޓުނެގުން ހަވީރު ފަހެއް ޖަހަންދެން ކުރިޔަށްދާއިރު, އިންތިޚާބީ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު