ސްރީ ލަންކާގައި ބޯކޮށް ވާރޭވެހޭތީ ކުޑަ ނަގައިގެން ހިނގާފަދާ މަންޒަރު
ސްރީ ލަންކާގައި ބޯކޮށް ވާރޭވެހޭތީ ކުޑަ ނަގައިގެން ހިނގާފަދާ މަންޒަރު
އަވަށްޓެރި ސްރީ ލަންކާގައި މޫސުން ގޯސްވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރަމުންދާތީ ރަތް ސަމާލު ނެރެފައިވާ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

ސްރީ ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ ރަތް ސަމާލު ނެރެފައިވަނީ ލަންކާގެ 11 ޑިސްޓްރިކްޓަށް ކަމަށެވެ. އޭގެ ތެރޭގައި ޕުއްޓަލަމް، ކުރުނެގަލަ، ގަމްޕަހާ، ކެއްލަގާ، ކޮލަމްބޯ، ނުވަރެލިއާ، ކަލުޓަރާ، ރަޓްނަޕޫރާ، ގައްލެ އަދި މަޓާރާ ހިމެނެއެވެ.

ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ލަފާކުރެވޭ ގޮތުގައި އުތުރު ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އާދައިގެ ވަރަށް ވުރެ ވައިގަދަވާނެ ކަމަށެވެ.

އެގޮތުން ގަސްގަހުގެ ހިޔަލުގައި މަޑުނުކުރުމަށާޢި، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވިދާ ގުގުރާ ނަމަ ހަނޑޫ ދަނޑުތައް ފަދަ ހާމަކަންބޮޑު ސަރަހައްދުތަކުގައި މަޑުކޮށްގެން ގިނަވަގުތު ހޭދަނުކުރުމަށާއި، ގުގުރާ ވިދާ ވަގުތު ފޯނު ޗާޖަށް ޖަހައިގެން ބޭނުން ނުކުރުމަށާއި، އިލެކްޓްރިކް އާލަތްތައްވެސް ބޭނުންނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ދެ ދުވަސް ކުރިންވެސް ލަންކާގެ ބޮޑު ބަޔަކަށް ވަނީ ރަތްސަމާލު ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން