އިންޑިއާގައި ތަމްރީނުތަކެއް ހަދަނިކޮށް ނިޔާވި ލާންސް ކޯޕްރަލް އަލްމަރުޙޫމް މުހައްމަދު ސުލްތާން އިބްރާހީމްގެ ޕޯސްޓްމޯޓަމް ހަދައި އޭނާގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރާނެ ކަމަށް އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ބުނެފިއެވެ.
އެންޑީއޭ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވަނީ، ސުލްތާންގެ މަރުގެ ޙަޤީޤަތް ދެނެގަތުމަށް އޭނާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށާއި, ކޯޓު އަމުރެއްގެ ދަށުން އޭނާގެ މަރު ތަހުގީގު ކުރުމަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރުން ސުލްތާން ރާއްޖެ ގެންނާނީ ފުރިހަމަ އަސްކަރީ އިއްޒަތުގައި ކަމަށްވެސް އެންޑީއޭ އިން ވަނީ ބުނެފައެވެ.
އިންޑިއާގައި ސުލްތާން ފުރިހަމަ ކުރަމުން އައީ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ. ސުލްތާން ނިޔާވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު އޭނާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ސުލްތާން ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަކަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު