ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނީ
ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ގޮތެއް ނިންމުމާއި ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލުމާމެދު އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ގޮތެއް ނިންމާނެކަމަށް މައްސަލަ ބައްލަވާ ސުޕްރީމްކޯޓުގެ ބެންޗުން ބުނެފިއެވެ.



ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށްދަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވި އިސްތިއުނާފީ ނުކުތާތަކަށް އެރުވި ޖަވާބަށް ރައީސް ޔާމީންގެ ފަރާތުން ރައްދު ދިނުމާއި, އެ ރައްދުތަކަށް ދަޢުލަތުން ޖަވާބުދާރީ ވުމެވެ. ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކުރުމަށް ނެންގެވި 22 ނުކުތާ ހުށަހަޅައި ނިންމަވާލެއްވިއިރު އެކަމަށް ސުޕްރީމްކޯޓުގައި ފަސް އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށައެށި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދިނުމުގެ އަޑުއެހުމުގައި ދައުލަތުން ފާހަގަ ކުރީ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސައަކީ ފަނޑިޔާރުންގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ އިސްތިއުނާފެއް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ ހައި ކޯޓުގައި ހިނގި މައްސަލައިގައި ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމެއް ކޮށްފައި އޮތްނަމަ އެކަމެއް ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތުން އެފަދަ ކަމެއް ފާހަގަކޮށްފައި ނެތްކަމަށް ދައުލަތުން ބުންޏެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާ ހަވާލާދީ ދައުލަތުން ބުނީ، ހައި ކޯޓުގައި އެއްވެސް ވަރަކަށް ނުދައްކާ ހުރި ވާހަކަތަކެއް ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި ނުދެއްކޭނެ ކަމަށެވެ.

މި މައްސަލާގައި ރައީސް ޔާމީންވެސް އަދި ދައުލަތުންވެސް ވަނީ އާ ހެކި ހުށަހަޅަން ބޭނުންވާކަން ހާމަކޮށްފައެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ވިދާޅުވީ, މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނަށާއި ދައުލަތަށް ދެވޭ ފުރުސަތަށް ފަހު އާ ހެކިތައް ހުށަހަޅަން ފުރުސަތެއް ދެވޭނެ ކަމަށެވެ.

ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އޭގެފަހުން އެމަނިކުފާނާއި ގުޅޭ އިތުރު މައްސަލަތަކެއްވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން