ކުރީީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް
ކުރީީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް
ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ޖޫރިމަނާގެ އެންމެ ބޮޑު އަދަބު ދިނުމަށް ދަޢުލަތުން އެދިފައިވަނީ ރައީސް ޔާމީން ކުރެއްވި ކުށަކީ މާލީ ކުށަކަށް ވާތީ ކަމަށް ދަޢުލަތުން ބުނެފިއެވެ.

ދަޢުލަތުން މިހެން ބުނެފައިވަނީ މަނީ ލޯންޑްރިންގެ ކުށަށް އޮންނަ ޖަލު ހުކުމުގެ އަދަބުގެ އެންމެ ލުއި އަދަބު ދިނުމަށްފަހު ޖޫރިމަނާގެ އެންމެ ބޮޑު އަދަބެއް ރައީސް ޔާމީންގެ މައްޗަށް ކަނޑައެޅީ ކީއްވެތޯ އެ މައްސަލަ ބައްލަވާ ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާއި ކުރިމަތިކުރި ސުވާލަށް ދިން ޖަވާބުގައެވެ.



މަނީ ލޯންޑްރިންގެ ކުށަށް އޮންނަ ޖަލު ހުކުމުގެ އަދަބުގެ އެންމެ ލުއި އަދަބު ދިނުމަށް ފަހު ޖޫރިމަނާގެ އެންމެ ބޮޑު އަދަބެއް ރައީސް ޔާމީންގެ މައްޗަށް ކަނޑައެޅީ ކީއްވެތޯ ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާއި ސުވާލު ކުރެއްވީ އެމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެންމެ ކުޑަ ޖަލު ހުކުމުގެ އަދަބު ކަނޑައެޅީ އެއީ ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ ކަމަށެވެ. އަދި ޖޫރިމަނާގެ އެންމެ ބޮޑު އަދަބު ކަނޑައެޅީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހިމެނޭ މައްސަލައަކަށް ވާތީ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި އަދަބު ކަނޑައެޅުމަކީ ފަނޑިޔާރުންގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ޝަރީއަތަށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން