ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަމުން ދަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަމުން ދަނީ
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބެލެވޭ އުމުރުން 42 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި މައްސަލައަކީ ފުލުހުންގެ ދެކުނު ޑިވިޝަނަށް މި މަހުގެ 23 ވަނަ ދުވަހު ހުށަހެޅުމުން ބަލަމުންގެންދާ މައްސަލައެއްކަމަށެވެ.

އަދި މި މައްސަލައަކީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްކަމަށާއި، މިހާރު މި މައްސަލައިގައި އުމުރުން 42 އަހަރުގެ ފިރިހެނެއް ހައްޔަރުކޮޮށްފައިވާކަމަށް މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މިހާގެ ބަންދާއި މެދު ވަކި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން