ރާޖަސްތާން އެލިޖިބިލިޓީ އެގްޒާމް ފޯ ޓީޗާރސް (ރީޓް) އެގްޒާމްގައި ބައިވެރިވެފައިވާ ކެނޑިޑޭޓުން
ރާޖަސްތާން އެލިޖިބިލިޓީ އެގްޒާމް ފޯ ޓީޗާރސް (ރީޓް) އެގްޒާމްގައި ބައިވެރިވެފައިވާ ކެނޑިޑޭޓުން
ޓެސްޓުގައި މަކަރު ހަދާފާނެކަމަށް ބުނެ އިންޑިއާ ސަރުކާރުން އިންޓަރނެޓް ކަނޑާލައިފިއެވެ.

ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާގެ ބައެއް ސަރަހައްދުތަކުން އިންޓަރނެޓް ކަނޑާލާފައިވާއިރު، ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ރާޖަސްތާން އެލިޖިބިލިޓީ އެގްޒާމް ފޯ ޓީޗާރސް (ރީޓް) ގައި ބައިވެރިވެފައިވާ ކެނޑިޑޭޓުން އެގްޒާމް ހޯލްގައި ތިބެ މަކަރު ހެދުމުުގެ ފުރުސަތު ހަނި ކުރުމުގެ ގޮތުންނެވެ.

ރާޖަސްތާން އެލިޖިބިލިޓީ އެގްޒާމް ފޯ ޓީޗާރސް (ރީޓް) ގައި ހާހަކަށް ވުރެ ގިނަ ކެނޑިޑޭޓުން ބައިވެރިވެފައިވާއިރު، މި ޓެސްޓަކީ ސަރުކާރުގެ ސްކޫލްތަކުގެ ޕްރައިމެރީ ނުވަތަ ސެކަންޑްރީ ސްކޫލު ޓީޗަރެއްގެ ވަޒީފާއަށް ޤާބިލް ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ފެންވަރު ބަލާ ޓެސްޓެކެވެ.

މި ޓެސްޓުގައި ބައިވެރިވި ކެނޑިޑޭޓުންނަށް ޓެސްޓު ބާއްވާ ސަރަހައްދައް ފަސޭހައިން ދެވޭނެ ގޮތް ހެދުމަށް އިންޑިއާ ސަރުކާރުން ވަނީ ބަހުގައި ހިލޭ ދެވޭނެ ގޮތް ހަމަޖައްސައިދީފައެވެ.

މި ޓެސްޓު ބޭއްވުމަށް އިންޑިއާގެ 10 ޑިސްޓްރިކްޓަކުން ވަނީ އިންޓަރނެޓް ކަނޑާލާފައެވެ. އެގޮތުން އިންޓަރނެޓް ކަނޑާލި ނަމަވެސް މި ޓެސްޓުގައި މަަކަރު ހަދަން މަސައްކަތް ކޮށްފައިވާ ކެނޑިޑޭޓުން ވާނީ ފާހަގަކޮށްފައިކަމަށާއި، ސަރުކާރުން އިންޓަރނެޓް ކަނޑާނުލިނަމަ ޓެސްޓް ޕޭޕަރު ލީކުވާނެކަން ޔަގީންކަމަށް ޖައިޕޫރުގެ ޑިވިޝަނަލް ކޮމިޝަނަރ ދިނޭޝް ކުމާރް ޔާދަވް ބުނެފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން