މާދަމާއިން ފެށިގެން ސްރީ ލަންކާގެ ލޮކްޑައުން އުވާލަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ލަންކާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ޤައުމުގައި ކޮވިޑްގެ ކޭސްތައް ކުރިއާއަޅާބަލާއިރު މިހާރު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. އެގޮތުން ކޭސްތަކުގެ އަދަދު މަދުވުމާއި ގުޅިގެން ލަންކާގެ ރައީސް ގޮޓަބަޔާ ރާއްޖަޕަކްސާ ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލޮކްޑައުން އުވާލަން ނިންމާފައިވާ ކަމަށެވެ.
މިދިޔަ އޮގަސްޓަ މަހުގެ 20 ވަނަ ދުވަހު ލަންކާ ބަންދުކުރީ ޑެލްޓާ ވޭރިއަންޓް ފެތުރުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ގިނަ އަދަދެއްގެ މީހުން މި ބަލީގައި މަރުވާން ފެށުމުންނެވެ.
ހަރުކަށި ގަވާއިދުތަކަކާއި އެކު އަންނަ މަހުގެ އެކެއްގައި ލަންކާގެ ލޮކްޑައުން އުވާލަން ނިންމާފައިވާއިރު، ލޮކްޑައުން އުވާލުމުން އަމަލުކުރަންޖެހޭ ގަވާއިދުތަކުގެ ގައިޑްލައިންތައް ހެލްތު އޮފިޝަލުން މިއަދު ނެރޭނެކަމަށްވެސް، ލަންކާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު