އިދިިކޮޅުގެ ޖަލްސާގައި ޕެޓިޝަނުގައި ސޮއިކުރުން
އިދިިކޮޅުގެ ޖަލްސާގައި ޕެޓިޝަނުގައި ސޮއިކުރުން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް ލޯންޗުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެ ޕެޓިޝަންގައި އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި އިސް ފަރާތްތަކުން ރޭ ވަނީ ސޮއިކޮށްފައެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ މިސަރުކާރުން އިންޑިއާ ސަރުކާރާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވާ ކަމަށާއި، އެއީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި ސަރުކާރުން ޤާއިމްކޮށްފައިވާ އަޑިނޭނގޭ އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ދާޚިލީ މިނިވަންކަމާއި، ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި ގައުމުގެ މިނިވަންކަމަށް ބުރޫއަރާފާނެތީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.

ޕީޕީއެމުން ރޭ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، އެ ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑު ކިޔާފައެވެ. މިގޮތުން އިންޑިއާއާއެކު ބާއްވާ ގޮތް ނޭނގޭ ގުޅުމާއި، ދީނަށް ކުރާ ފުރައްސާރައިގެ ކަންކަމުގައި އަޅާނުލާ ކަމަށްބުނާ މައްސަލަ ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން