ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވީ ނަމަވެސް އިންޑިއާއަށް އެތެރެވާ އިނގިރޭސިވިލާތުގެ ރައްޔިތުން 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އިންޑިޔާއަށް އެތެރެވާ އިނގިރޭސިވިލާތުގެ ކޮންމެ ރައްޔިތަކުވެސް 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭނެއެވެ. އެގޮތުން ޤަވާއިދަށް ގެނައި ބަދަލާއެކު އިންޑިއާ ސަރުކާރުން ބުނެފައިވަނީ މި ބަދަލު ގެނެސްފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެތެރެއިން ލިބިދޭ ޚާއްސަ ކަންތައްތައްތަކެއްގެ ދަށުން ކަމަށެވެ.
މީގެ އިތުރުން އިންޑިއާގައި އުފައްދަމުން އަންނަ އެސްޓްރަޒެނިކާ ވެކްސިން އަދި ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށް އިނގިރޭސިވިލާތަށް އެތެރެވުމުގައި އެގައުމުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިންޑިއާގެ ރައްޔިތުންނަށް އިނގިރޭސިވިލާތަށް އެތެރެވެވޭނީ ވެސް ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކޮށްގެންނެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން ފުރިހަމަކޮށްފައިވާ އެހެން ގައުމުތަކުގެ ރައްޔިތުންގެ މައްޗަށް މިގަވާއިދަށް އިނގިރޭސިވިލާތުން އަމަލު ނުކުރާކަމަށް އިންޑިއާގެ ރިޕޯޓްތަކުން ބުނެއެވެ.
އިނގިރޭސިވިލާތުގައި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ހުއްދަ މިދިޔަ ސެޕްޓެމްބަރ މަހުގައި ދީފައިވަނީ މި ދެ ގައުމުގެ ދޭތެރޭ ބަހުގެ އެތައް ހަމަލާއެއް ބަދަލުކޮށް ތަފާތުކުރުން ގެންގުޅޭކަމަށް އިންޑިއާއިން ބުނަމުންދިޔުމާއެކުއެވެ.
އިނގިރޭސިވިލާތަށް އެތެރެވާ ފަތުރުވެރިންނާ މެދު ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އައު ގަވާއިދުގައި ވެކްސިން ފުރިހަމަކޮށްފައިވާ ގިނަ ގައުމުތަކެއްގެ ރައްޔިތުންނަށް ކަރަންޓީނާ ނުލާ އެގައުމަށް އެތެރެވެވޭނެ ކަމުގައި ވީނަމަވެސް އެލިސްޓުގައިވެސް އިންޑިއާގެ ނަމެއްނެތެވެ.
ކޮވިޝީލްޑް ވެކްސިނަކީ އިންޑިޔާގައި އާބާދީގެ ބޮޑުބަޔަކު ޖަހާފައިވާ އަދި ޖަހަމުން އަންނަ ވެކްސިނެވެ. މިހާތަނަށް އައިއިރު އިންޑިޔާގައި ކޮވިޝީލްޑް ވެކްސިންގެ 720 މިލިއަން ޑޯޒް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު