އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ފޫޅުދިގުހަންޑި ޒާތުގެ ވާހަކައެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން އެކަމުގައި އިސްކޮށް ތިބިކަމަށް ތުހުމަތު ކުރެވޭ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ އެމްޑީ ޒިޔަތު ފިޔަވާ އެހެން އެއްވެސް ފަރާތެއްގެ މައްޗަށް ސާބިތު ޙުކުމެއް މިހާތަނަށް އައިސްފައެއް ނުވެއެވެ. އެކަމާ ގުޅިގެން އިބްރާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތް ވެގެން ގޮސްފައިވަނީ ބޮޑުންނާއި ބޮޑުން އެކަކު އަނެކަކު ދަތި އަޅުވައިގެން ތިބެން އޮތް ފޫޅުދިގު ހަންޑި ޒާތުގެ ވާހަކައަކަށް ކަމަށެވެ.
އޭގެ އިތުރުން އިބްރާ ވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ދަޢުވާތައް ސާބިތުވެފައިވާ ފަރާތްތައް ޙުކުމް ތަންފީޒު ކުރުމަށް ގޭގައި ތިއްބަވާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިބުރާ ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްވެފައިވާ ފަރާތްތައް ގޭގައި ތިބުމަކީ ދަޢުލަތުގެ ހައިބަތާއި ރައްޔިތުންނާއި ޤާނޫނުގެ ބާރު ގެއްލިގެން ހިނގައްޖެ ކަމުގެ ހެއްކެއް ކަމަށެވެ.
އަދި އެއީ ދަޢުލަތް ހިންގަން ތިބި މީހުންގެ ނާޤާބިލުކަން ދަލީލުކޮށްދޭ ކަމެއް ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އޭރާއި މިހާރުގެ ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.
ތަހުގީގު ނުނިންމާ މައުލޫމާތު ސާފުކުރުމުގެ މަރުހަލާގައި އޮތް މައްސަލަ ތަކުގައިވެސް ބައެއްގެ މައްޗަށް ތުހުމަތު ތަކެއްކޮށް ލިސްޓެއް ނެރެފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް ވަނީ އަމާޒުވެފައެވެ.

Dhaulaiy hingaan thibi meehun ekamah nukulhedhijje kan angaidhey kamekeve.
— Maverick Ibra (@ibramandhu) October 2, 2021
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އޭރާއި މިހާރުގެ ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.
ތަހުގީގު ނުނިންމާ މައުލޫމާތު ސާފުކުރުމުގެ މަރުހަލާގައި އޮތް މައްސަލަ ތަކުގައިވެސް ބައެއްގެ މައްޗަށް ތުހުމަތު ތަކެއްކޮށް ލިސްޓެއް ނެރެފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު