ތައިލޭންޑްގެ ޕުކެޓް
ތައިލޭންޑްގެ ޕުކެޓް
ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ތައިލޭންޑްގެ ޕުކެޓް ހުޅުވާލައިފިއެވެ.

ތައިލެންޑް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ޙަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ކޮންމެ ގައުމެއްގެ މީހެއް ނަމަވެސް، ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ކަރަންޓީނު ވުމަކާއި ނުލައި ޕުކެޓަށް ދަތުރު ކުރެވޭނެއެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ ކުޑަކުދިންނަށްވެސް، އެކުދިންގެ ބެލެނިވެރިން ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެކުގައި އެތެރެ ވެވޭނެއެވެ.

ކޮވިޑްގެ ރޯގާ ބަލިމަޑުކަން އައުމުގެ ކުރިން ތައިލެންޑަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ބަރޯސާވަނީ ފަތުރުވެރިކަމުން ލިބޭ ނަފާގެ މައްޗަށެވެ.

ތައިލޭންޑުން ވަނީ އެ ގައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން "ސޭންޑް ބޮކްސް" ޕްރޮގްރާމެއްވެސް ފަށާފައެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ހިލޭ ޕެކޭޖުތަކެއް ހިމެނިފައިވާއިރު، ކަރަންްޓީނު ވުމަކާއި ނުލައި ދަތުރު ކުރެވޭނެއެވެ. ރިޕޯޓުތައް ބުނާގޮތުން މި ޕެކޭޖް ތައާރަފް ކުރި ފަހުން 38000އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ފުކެޓަށް ޒިޔާރަތްކޮށްފައެވެ. ޕުކެޓަކީ ތައިލެންޑްގެ ފަތުރުވެރިކަމުގެ މަންޒިލެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން