ފިލިޕީންސްގެ ރައީސް ރޮޑްރިގޭ ޑުޓާޓޭ
ފިލިޕީންސްގެ ރައީސް ރޮޑްރިގޭ ޑުޓާޓޭ
ފިލިޕީންސްގެ ރައީސް ރޮޑްރިގޭ ޑުޓާޓޭ ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންނެވުމަށް ވިސްނަވާކަން ހާމަ ކުރައްވައިފިއެވެ.

ޑުޓާޓޭގެ އެ ނިންމެވުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި، ހައިރާންކަން ގެނުވި ނިންމުމެއްކަމަށް ރޮއިޓަރސް ރިޕޯޓު ކޮށްފައިވެއެވެ. އަދި އެ ނިންމެވުން ބަދަލުވެދާނެކަމަށްވެސް ގިނަ ބަޔަކު ޤަބޫލު ކުރާކަމަށް ގިނަ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ފިލިޕީންސްގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑުޓާޓޭގެ އަރިސް ބޭފުޅަކު އިންތިޚާބު ވުމަކީ ޑުޓާޓޭއަށް މާ ފައިދާ ބޮޑު ގޮތެއް ކަމަށާއި، ސަބަބަކީ 2016 ވަނަ އަހަރު މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގައި ޑުޓާޓޭގެ އަމުރުފުޅަށް އެތައް ބައެއް މަރާލާފައިވާތީ ޤާނޫނީ ގޮތުން ޑުޓާޓޭއަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުވާތީކަމަށް ވެސް ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވެއެވެ.

ނަމަވެސް މިކަމާ ގުޅިގެން ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވަން ނިންމެވުމަކީ ޑުޓާޓޭ ކުރެއްވި ކަންކަމަށް ޖަވާބުދާރީވާން ނުޖެހޭނެ ސަބަބެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ޑުޓާޓޭ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅުންހުރި 6100 މީހުން މަރާލާފައިވާއިރު، މަސްތުވާތަކެތީގެ ތުހުމަތެއް ކުރެވުނަސް އެމީހަކު ފުލުހުން މަރާލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން