ފިލިޕީންސްގެ މިހާރުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދަރިކަނބަލުން ސާރާ ޑުޓާޓެ ކާޕިއޯ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
ސާރާ މިގޮތަށް ނިންމަވާފައިވަނީ މި ދައުރު ނިމުމަށްފަހު އެކަމަނާގެ ބައްޕާފުޅު މަގާމުން ވަކިވެވަޑައިގެން، ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގަންނަވާކަން ހާމަކުރައްވާފައިވާތީ ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ. ސާރާ މިހާރު ފުރުއްވަމުން ގެންދަވަނީ ފިލިޕީންސްގެ 3 ވަނައަށް އެންމެ ބޮޑު ސިޓީ، ޑަވާއޯގެ މޭޔަރުކަމުގެ މަގާމެވެ.
އަންނަ އަހަރު ފިލިޕީންސްގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ސާރާ ކުރިމަތިލައްވަން ވިސްނަވާފައިވަނީ އާއިލާ ބޭއްފުޅަކު ރައީސްކަމަށް އިންތިޚާބުވުމުން ޑުޓާޓޭއަށް ފައިދާ ތަކެއް ކުރާނެތީކަމަށްވެސް އެގައުމުގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުންނާއި މީޑިއާތަކުން ދަނީ ބުނަމުންނެވެ.
މި ފަރާތްތަކުން މިހެން ބުނަމުންދަނީ 2016 ވަނަ އަހަރު އެގައުމުގައި މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއްގައި ޑުޓާޓޭގެ އަމުރުފުޅަށް އެތައް ހާސް ބަޔަކު މަރާލާފައިވާތީ، ޤާނޫނީ ގޮތުން ޑުޓާޓޭއަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުވުމުންކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.
ޑުޓާޓޭ ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންނެވުމަށް ވިސްނަވާކަން ހާމަ ކުރެއްވުމުން ގިނަ ބަޔަކަށް އެކަން ވީ ޤަބޫލުކުރަން ދަތި ކަމަކަށެވެ. އެގޮތުން ޑުޓާޓޭގެ ދަރިކަނބަލުން ސާރާ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެއް ކަމުގައި ވެސް މީޑިއާތަކުން ބުނެފައި ވެއެވެ.
ފިލިޕީންސްގެ ރިޔާސީ އިންތިޚާބު އޮންނާނީ 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި އިންތިޚާބުގައި އެގައުމުގެ 60 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު