އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ ޢީދުގާ މިސްކިތަށް މިއަދު ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

މި ހާދިސާގައި ފަސް މީހުން މަރުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ އަކީ ފާއިތުވެދިޔަ އޯގަސްޓް މަަހުގެ ފަހުކޮޅު އެމެރިކާގެ މިލިޓަރީ އަފްޣާނިސްތާނުން ފޭބިފަހުން އަފްޣާނިސްތާނުގެ ވެރިރަށް، ކާބުލްގަައި ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށެވެ.

މި ހަަމަލާދިން ފަރާތެއް އަދި ޔަގީނެއް ނުވެއެވެ. އަދި މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނުނަގައެވެ. ނަމަވެސް މި ހަމަލާގެ ފަހަތުގައި ތިބީ އިސްލާމިކް ސްޓޭޓް ކަމަށް ބެލެވޭކަމަށް މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން އަފްޣާނިސްތާނުގެ އިންޓީރިއަރ މިނިސްޓްރީގެ ސްޕޯކްސް ޕާސަން، ޤާރީ ސަޢީދު ޚޮސްޓީ ވިދާޅުވެފައިވަނީ ބޮން ގޮއްވާލި ވަގުތަކީ ތާލިބާނުންގެ ޗީފް ސްޕޯކްސްޕާސަން ޒަބީހުﷲ މުޖާހުދުގެ މަންމަގެ ކަށުނަމާދު ހިނގަމުން ދިޔަ ވަގުތު ކަމަށާއި، މި ބޮމުގެ ހަމަލާގައި ފަސް މީހުން މަރުވެފައިވާކަން ވެސް ޤާރީ ސަޢީދު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

މީގެ މަސްދުވަސް ކުރިން އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާއެކު، ޠާލިބާނުންވަނީ އެގައުމުގައި އަމިއްލަ ސަރުކާރެއް އެކުލަވާލާފައެވެ. އަދި މިކަމާ ގުޅިގެން އެމެރިކާއިން ތާލިބާނުންނާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އޭގެތެރޭގައި ތާލިބާންގެ އެސެޓްތައް ފްރީޒްކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން