ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ
ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ
އަދާލަތު ޕާޓީގައި ޓެރަރިސްޓު އަމަލުތަކަށް ހިތްވަރުދޭ މެމްބަރެއް ނުހުންނާނެކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިނިސްޓަރާ އަމާޒުވި އެއްސުވާލަކީ އަދާލަތު ޕާޓީއަކީ ޓެރަރިސްޓު އަމަލުތަކަށް ހިތްވަރުދޭ ގޮތަށް މެމްބަރުން ތިބި ޕާޓީއެއްތޯ ސާފުކުރުމަށް އަމާޒުވި ސުވާލެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިިތްވަރުދޭ މެމްބަރުން ތިއްބެވި ޕާޓީއެއް ނޫންކަމަށާއި، އެޕާޓީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ މެމްބަރެއް ހުރި ނަމަ ވަގުތުން ޕާޓީން ވަކި ކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، އަދާލަތު ޕާޓީގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަންޖެހޭނެ މީހެއް ނުހުންނާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި އީވާ ޢަބްދުﷲ ވަނީ މަޖިލީހުގައި އިމްރާން ތަމްސީލު ކުރައްވަނީ ހޯމް މިނިސްޓަރުގެ ދައުރު ކަމަށް މެމްބަރުންނަށް ހަނދާންކޮށްދެއްވާފައެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ގިނަވަމުންދާ މި ދަނޑިވަޅުގައި ގާނޫންގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި، އެގޮތުން ނޫރު މިސްކުތުގައި އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިސްކިތްތަކުގައި ހިނގާ މިފަދަކަންކަން ހުއްޓުވުމަށް ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކުރަން ނިންމާފައިވާކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާއެވެ. ބޮޑު ޚަރަދެއް މިކަމަށް ހިނގި ނަމަވެސް މިއީ މިހާރު ކުރަން ޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން