ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޫސްޓަރ ޑޯޒްގެ ގޮތުގައި ފައިޒަރ އަދި މޮޑާނާ ވެކްސިން ދޭން ނިންމައިފައިވާކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޑްރަގްސް ރެގިއުލޭޓަރއިން ހާމަކޮށްފިއެވެ.
އީޔޫގެ ޑްރަގްސް ރެގިއުލޭޓަރއިން ހާމަކޮށްފައިވާ ގޮތުގައި، މި ބޫސްޓަރ ޑޯޒް ޖެހޭނީ ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށެވެ.
އެގޮތުން މި މުއްދަތުގެ ތެރޭގައި ބޫސްޓަރ ޝޮޓް ޖަހާފައިވާ މީހުންގެ ހަށިގަނޑުގައި އެކުލެވިފައިވާ އެންޓިބޮޑީ ލެވެލް މަތިވެ، ކޮވިޑް-19ގެ އިންފެކްޝަނުން ދިފާއުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އީޔޫގެ ޑްރަގްސް ރެގިއުލޭޓަރއިން ވަނީ ހާމަކޮށްފައެވެ.
އަދި ވަރަށް ބޮޑަށް ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުން މި ބޫސްޓަރ ޝޮޓް ޖެހުން އެންމެ ރަނގަޅީ ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް 28 ދުވަސް ފަހުންކަމަށް އީޔޫގެ ޑްރަގްސް ރެގިއުލޭޓަރ ބުނެފައި ވެއެވެ.
ކޮވިޑް-19 ގެ ތަފާތު ވޭރިއަންޓުތައް މުޅި ދުނިޔޭގައި މިހާރު ފެތުރިފައިވާއިރު، ހުރިހާ މީހުންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ތިބުމަކީ މުހިންމު ކަމެއްކަމަށާއި، މިކަމުން ބައްޔަށް ހުށަހެޅުމުގެ ހިރާސް ކުޑަކޮށްދޭކަމަށްވެސް އީޔޫގެ ޑްރަގްސް ރެގިއުލޭޓަރ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު