5 މީހުންނާއި އެކު ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް އޭގެން ދަތުރުކުރި ފަސް މީހުން ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ދޯނީގައި ތިބި ފަސް މީހުން މިހާތަނަށް ފެނިފައި ނުވާކަމަށާއި، މިމީހުން ހޯދުމަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓްވެސް ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.
އެމްއެންޑީއެފުން ބުނީ އަޑިއަށް ގޮސްފައިވަނީ "ވައިވިލާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި، މި ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ސަރަޙައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވަމުންދާކަމަށެވެ.

ފަސް މީހުންނާ އެކު އަޑިއަށް ގޮސްފައިވަނީ "ވައިވިލާ" ނަމަކަށް ކިޔާ ދޯންޏެއް. މި ދޯނި އަޑިއަށްދިޔަ ކަމަށް ބެލެވޭ ސަރަޙައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވަމުންދާއިރު، މީހުން ހޯދުމަށް އެހީތެރިވުމަށް އެމްއެންޑީއެފް ޑޯނިޔާ ފްލައިޓް އަންނަނީ އެ ސަރަޙައްދަށް ދަތުރުކުރަމުން. pic.twitter.com/uKXZqUbq3z
— Maldives National Defence Force (@MNDF_Official) October 5, 2021
އެމްއެންޑީއެފުން ބުނީ އަޑިއަށް ގޮސްފައިވަނީ "ވައިވިލާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި، މި ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ސަރަޙައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވަމުންދާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު