އެމްއެންޑީއެފް ކޯސްޓް ގާޑް | ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ކޯސްޓް ގާޑް | ފޮޓޯ: އެމްއެންޑީއެފް
އަޑިއަށްދިޔަ "ވައިވިލާ" ދޯނިން ދަތުރުކުރި ފަސް ދިވެހިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ދޯނިން ދަތުރުކުރި ފަސް ދިވެހިން ހެޔޮ ހާލުގައި މިއަދު 08:30 ހާއިރު ކޯސްޓްގާޑު އުޅަނދަށް ވަނީ ފެނިފައި ކަމަށެވެ. އެ މީހުން ކޯސްޓްގާޑުގެ އުޅަނދުގައި ކ.ކާށިދޫއަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުން ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.



ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދިއުމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ދޯނީގައި ތިބި ފަސް މީހުން ހޯދުމަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓްވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

އެމްއެންޑީއެފުން ބުނީ އަޑިއަށް ގޮސްފައިވަނީ "ވައިވިލާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި، މި ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ސަރަޙައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން