ސުމްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިއުނާފީ މައްސަލާގައި ޙުކުމް ކުރާނެ ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.
މިއަދުގެ ޝަރީޢަތުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ކުރަމުން ދަނީ ބުރަ މަސައްކަތެއް ކަމަށާއި، އެހެން ކަމުން މައްސަލައިގެ ޙުކުމަށް ވާސިލްވުމަށް ހުރަސްއެޅޭނެ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެދޭ ކަމަށެވެ. މަހާޒް ވިދާޅުވީ ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން ހުކުމް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ރިސެސްއަށް ދާން ދެން އޮތީ 56 ދުވަސް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެން އެމަނިކުފާނުގެ ޝުޢޫރުތައް އަޑުއެއްސެވުމަށް ދަންނަވާފައެވެ. އެކަމާ ގުޅިގެން ފަނޑިޔާރު މަހާޒް ވިދާޅުވީ، ފަނޑިޔާރުން ގޮތް ނިންމުމުގައި ޝުޢޫރާއި ޖަޒުބާތަށް ނުބަލާނެ ކަމަށާއި، ފަނޑިޔާރުން ބަލާނީ ޤާނޫނުތަކުގައި އޮތް އެއްޗަކަށް ކަމަށެވެ. އަދި ދެފަރާތުން ދެއްކެވި ވާހަކަތަކަށްވެސް ރިޢާޔަތް ކުރުމުގައި ބަލާނީ ޤާނޫނީ ނުކުތާތަކަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ނިންމަވާފައިވަނީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫނުކުރެވޭނެ ކަމަށާއި، މައްސަލަ ނިމެންދެން ރައީސް ޔާމީންގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސް ކުރެވެންވެސް ނެތްކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލަ ނިމެންދެން ރައީސް ޔާމީނަށް ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް މިއަދު ވަނީ ނެރެދީފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.

ކިޔުންތެރިންގެ ހިޔާލު