ނައިބު ރައީސް ފައިސަލް ނަސީމްގެ ސިއްހީ ހާލުކޮޅު ގޯސްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައިވާ ކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތު އެންމެ ރަނގަޅު ނޫންކަމަށް ފާހަގަ ކުރެވޭތީ އެޑްމިޓްކޮށްފައިވަނީ އިއްޔެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް މީގެ ކުރިން ވެސް ވަނީ ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަގަދަލުގައި އެޑްމިޓްކޮށްފައެވެ. އެފަހަރު ނާއިބް ރައީސް އެޑްމިޓްކުރީ ހުން ގަދަވެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު