ކޮވިޑް-19 ޖެހިގެން މަރުވާ ކޮންމެ މީހަކަށް ބަދަލެއްގެ ގޮތުގައި 50،000 އިންޑިއާ ރުޕީސް ދޭން އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
އިންޑިއާގެ ސްޕްރީމް ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ ކޮވިޑް ޖެހިގެން މަރުވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް މި ދަތި އުނދަގޫ ދަނޑިވަޅުގައި މާލީގޮތުން އެހީފޯރުކޮށްދިނުމުގެ ގޮތުންކަމަށް ރޮއިޓަރސްއިން ރިޕޯޓްކޮށްފައި ވެއެވެ.
އިންޑިއާގައި މުޅިއެކު 449،260 މީހުން މި ބަލީގައި މަރުވެފައިވާއިރު، ޓެލީ އެކްސްޕާޓުން ދަނީ މި އަދަދަކީ ސައްޙަ އަދަދެއް ނޫންކަމަށް ބުނަމުންނެވެ. އިންޑިއާ އަކީ އާބާދީގެ ގޮތުން ބަލާނަމަ މުޅި ދުނިޔެއިންވެސް ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އެގޮތުން އިންޑިއާގެ އާބާދީގައި ހިމެނޭ 1.3 ބިލިއަން މީހުންގެ ތެރެއިން މި ބަލީގައި 449،260 މީހުން މަރުވެފައިވާކަމަށް ބުނުމުން މިއީ އިންސާނީ ބުއްދިއަށް ޤަބޫލުކުރަން ވަރަށް ދަތި އަދަދެއް ކަމަށް ޓެލީ އެކްސްޕާޓުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ޓެލީ އެކްސްޕާޓުން ބުނަމުންދަނީ، އިންޑިއާގެ ނިއު ދިއްލީ ހިމެނޭ ގޮތަށް ބޮޑެތި ސިޓީތަކުގެ ހޮސްޕިޓަލުތަކުން އެނދު ހުސްވުމާ ގުޅިގެން، ފަރުވާ ނުދެވި ތިބި އެތަކެއް ބައެއް މި ބަލީގައި މަރުވެފައިވާކަމަށާއި، މީގެ ތެރެއިން ބައެއް މަރުތަކަކީ ރިޕޯޓްކުރެވިފައި ނުވާ މަރުތަކަކަށް ވާތީއެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ ސްޕްރީމް ކޯޓުން ނެރެފައިވާ ބަޔާނުގައި ވަނީ، އަބަދުވެސް އެ މުއައްސަސާއިން ބަލާނީ ރައްޔިތުންނަށް އެހީފޯރުވޭނެ ތަފާތު ގޮތްތައް ހޯދުމަށް ކަމަށެވެ.
އިންޑިއާގެ އިތުރުން މި ބަލިމަޑުކަމުގެ ތެރޭގައި ގިނަ ޤައުމުތަކެއްގައިވެސް ވަނީ އެފަދަ އެހީތައް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު