ސްރީ ލަންކާގައި ދިރިއުޅޭ ނަޞާރާއިންނަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުޙްމަތުކުރެވޭ މީހުންނަށް ދަޢުވާކޮށްފިއެވެ.
2019 ވަނަ އަހަރުގެ އޭޕްރިލް މަހު، ސްރީ ލަންކާގެ ވެރިރަށް، ކޮޅުނބުގެ ތިން ފައްޅިއަކަށާއި މަތީ ފެންވަރުގެ ތިން ހޮޓަލަކަށް ދިން ބޮމުގެ ޙަމަލާތަކުގައި 269 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެ ޙަމަލާތައް ދިނުމުގައި ބައިވެރިވި 8 މީހުންގެ އިތުރުން ބޭރު ޤައުމުތަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ހިމެނެއެވެ.
ސްރީ ލަންކާގެ ތާރީޚުގައިވެސް ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއަށް މި ހާދިސާ ވާއިރު، މި ކަމުގެ ފަހަތުގައި ތިބި މީހުންނަށް އެ ޤައުމުން މިހާރު ވަނީ ދަޢުވާ އުފުލާފައެވެ. މީގެތެރޭގައި 3 މީހުން ހިމެނޭއިރު، އެ މީހުންގެ މައްޗަށްވަނީ 20،000 އަށްވުރެ ގިނަ ދަޢުވާ އުފުލާފައެވެ. އެ މީހުންގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައިކަމަށް ސްރީ ލަންކާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
ސްރީ ލަންކާގައި ދިން މި ޙަމަލާތައް ތަޙްޤީޤުކުރުމުގައި އެމެރިކާއާއި އޮސްޓުރޭލިޔާގެ ފަންނީ ތަޖުރިބާކާރުންވަނީ ބައިވެރިވެފައެވެ. މި ހަމަލާގައި 500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، މި ޙަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާޢަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު