ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކަމުންދާނީ ސާފްގެ އުސޫލުތަކާއި އެއްގޮތަށްކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްއިން ބުނެފިއެވެ.
އެފްއޭއެމްއިން މިހެން ބުނެފައި މިވަނީ މާދަމާރޭ ރާއްޖެއާއި ބަންގްލަދޭޝް ކުޅެން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ މެޗުގެ ޓިކެޓް ވިއްކި އުސޫލާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
މާލޭގައި މިހާރު ކުރިއަށްގެންދާ ސާފް ޗެންޕިއަންޝިޕްގައި ހޯމް ސަޕޯޓަރުންނާއި އަވޭ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ޖެހޭނެ ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ. ފިފާގެ ގަވާއިދުތަކާއި އެއްގޮތަށް ސާފްއިން އެކުލަވާލާފައިވާ މިއުސޫލުގެ ދަށުން ހޯމް ޓީމުގެ މެޗެއްގައި އިދިކޮޅު ޓީމެއްގެ ސަޕޯޓަރުންނަށް ވިއްކަން ޖެހޭނީ 200 ޓިކެޓެވެ. އެފްއޭއެމްއިން ބުނީ މިއުސޫލާއި އެއްގޮތަށް ބަންގްލަދޭޝަށް ވިއްކާފައިވަނީ 200 ޓިކެޓްކަމަށާއި، އިއްޔެ މިމެޗްގެ ޓިކެޓް ވިއްކަން ފެށުމާއިއެކު 3 ގަޑިއިރެއްހާއިރުގެ ތެރޭގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ 200 ޓިކެޓް ވިކި ހުސްވެފައިވާ ކަމަށެވެ.
މިމެޗަށް އެއްކޮށް ވިއްކުމަށް ހަމަޖެހިފައިވަނީ 5000 ޓިކެޓަށްވާއިރު، 5000 ޓިކެޓްވެސް ވަނީ ވިކި ހުސްވެފައެވެ.
އެފްއޭއެމްއި ބުނީ މިއީ މީގެ ކުރިންވެސް ސާފްގެ މުބާރާތްތަކުގައި އަމަލުކޮށްފައިވާ އުސޫލް ކަމަށާއި މިފަހަރުވެސް ރާއްޖެއިން އަމަލްކޮށްފައިވަނީ މިއުސޫލާއި އެއްގޮތަށްކަމަށެވެ.
ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ 200 ޓިކެޓް ވިކި ހުސްވުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުންވަނީ ޓިކެޓް ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު