އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއާ ބައްދަލުކުރެއްވުން
އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއާ ބައްދަލުކުރެއްވުން
އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އަބްދުﷲ ޝާހިދު އާއި އިވާ ބޭއްވެވި މިބައްދަލު ކުރެއްވުމުގައި އެކި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރަށްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ މުޤައްރިރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ޝާހިދުގެ މިދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވި ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ. ޝާހިދުގެ މިދަތުރުފުޅުގައި ހަތަރު ދުވަސް ރާއްޖޭގައި ހޭދަކުރައްވާނެއެވެ.

މިއީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މިދިޔަ މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދު އެ މަގާމު އަދާކުރެއްވިޔަސް ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާއި ޒިންމާތައްވެސް ނަންގަވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން