އދގެ އާއްމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު، އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނުއާ ބައްދަލުކުރައްވައިފިއެވެ.
އދގެ އާ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު، އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރެއްވީ އެމަނިކުފާނު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޝާހިދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނުއާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަހުރެއްކަމަށެވެ. އަދި މަލްޓިލެޓަރިޒަމާމެދު އެމަނިކުފާ ގެންގުޅުއްވާ ވިސްނުފުޅުތަކަކީ ވަރަށް އަގުހުރި އެއްޗެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ އުއްތަމަ ފަނޑިޔާރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިސްކަން ދެއްވާނެ ކަންކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވިކަމަށެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ 4 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެން ވަނީ ރައީސް ސާލިހުއާވެސް ބައްދަލުކުރައްވާފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާވެސް އެމަނިކުފާނު ބައްދަލުކުރެއްވެވިއެވެ.

A distinct honour!
— UN GA President (@UN_PGA) October 6, 2021
It was a special honour to meet with #Maldives Chief Justice Ahmed Muthasim Adnan. His insights on the importance of multilateralism are invaluable. Also shared the priorities of the #PresidencyOfHope #PGAinMDV #UNGA76 pic.twitter.com/e3kImCpbGA
ޝާހިދު ވިދާޅުވީ އުއްތަމަ ފަނޑިޔާރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިސްކަން ދެއްވާނެ ކަންކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވިކަމަށެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ 4 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެން ވަނީ ރައީސް ސާލިހުއާވެސް ބައްދަލުކުރައްވާފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާވެސް އެމަނިކުފާނު ބައްދަލުކުރެއްވެވިއެވެ.
ކިޔުންތެރިންގެ ހިޔާލު