ޓިކެޓް ހުސްވުމުން ޢާއްމުން ނުރުހުން ފާޅުކުރަނީ
ޓިކެޓް ހުސްވުމުން ޢާއްމުން ނުރުހުން ފާޅުކުރަނީ
ސާފް ޗެމްޕިއަންޝިޕް މެޗްތަކަށް 5000 ޓިކެޓް ވިއްކާކަމަށް ބުނުމަށްފަހު، އެފްއޭއެމްގެ ރާގު ބަދަލުކޮށް ވިއްކަނީ 2500 ޓިކެޓް ކަމަށް ބުނެފިއެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ކުޅޭ މެޗްތަކުގައި ވިއްކުމަށް ނިންމާފައިވަނީ 2،500 ޓިކެޓް ކަމަށާއި، މާދަމާގެ މެޗަށް ޚާއްސަކޮށް ވިއްކާ 2،500 ޓިކެޓް ހުސްވެފައިވާ ކަމަށެވެ.

އެފްއޭއެމުން ބުނީ އެފްއޭއެމްގެ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް 2،500 ޓިކެޓް ޚާއްސަކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އާންމުންނަށް އިތުރު 1000 ޓިކެޓް ވިއްކަން ނިންމާފައިވާ ކަމަށާއި މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށް އެފްއޭއެމުން ބުނެފައި ވެއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މާދަމާ ހަވީރު ރާއްޖެއާއި ސްރީލަންކާ ވާދަކުރާ މެޗްގެ ޓިކެޓް ވިއްކަން ފެށިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި ވިކި ހުސްވެ، ޢާއްމުން ވަނީ ގަލޮޅު ދަނޑު ސަރަޙައްދުގައި އިޙްތިޖާޖް ކޮށްފައެވެ.

މާދަމާ ރާއްޖެއާއި ލަންކާ ވާދަކުރާ މެޗުގެ ޓިކެޓް ގަތުމަށް ރޭ ފަތިހުން ފެށިގެން ޢާއްމުން ގަލޮޅު ދަނޑު ކައިރީގައި ކިޔޫ ހަދާފައިވީ ނަމަވެސް ޓިކެޓް ވިއްކަން ފަށާފައިވަނީ، ހެނދުނު 10 ޖެހިއިރުއެވެ. ނަމަވެސް ޓިކެޓް ވިއްކަންފެށިތާ ގަޑިއިރެއްގެ ތެރޭގައި ޓިކެޓް ހުސްވެފައިވާ ކަމަށްބުނެ ޓިކެޓް ކައުންޓަރތައް ވަނީ ބަންދު ކޮށްފައެވެ.

މާދަމާ މެޗުގެ ޓިކެޓްތައް މިހާރު ހުސްވެފައިވާއިރު މިހާރު ވެސް ބައެއް މީހުން އަންނަނީ ބްލެކްމާކެޓްގައި ޓިކެޓް ވިއްކަމުންނެވެ. އެގޮތުން ބްލެކްމާކެޓްގައި ޓިކެޓް އަގުތައް އުޅެނީ 400 ރުފިޔާއާއި 1000 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން